ބޮޑު ކާސްޓެއް ފެނިގެންދާ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމު “މާމުއި“ގެ “އަރައިގެން އައި އިރާއޭ” ލަވަ ރިލީޒްކޮށްފި އެވެ. މިއީ “މާމުއި” ގައި ހިމެނޭ ލަވަތަކުގެ ތެރެއިން އެންމެ ފުރަތަމަ ރިލީޒް ކޮށްފައިވާ ލަވައެވެ.

 

އަރައިގެން އައި އިރާއޭ” ލަވައާއި ބެހޭގޮތުން މުނިއަވަސް އަށް މަޢުލޫމާތު ދެމުން “މާމުއި“ގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ މި ލަވައަކީ ފިލްމު ތެރޭގައި ‘ލިޕްސިންގ’ ކޮށްގެން ހުށައަޅައިދޭ ލަވައެއް ކަމަށެވެ.

ލަވަ ކިޔާފައިވަނީ މި ލަވައިން ވެސް ފެނިގެންދާނެ އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ) އެވެ. ބެކިންގ ވޯކަލްސް ކިޔާފައިވަނީ އަޝްރާ އެވެ. ލަވައިގެ ހިތްގައިމު ރާގާއި މި ޒަމާނާގުޅޭ ގޮތަށް އަދި ސަމާސާ އަދަބުގެ ސްޓައިލަށް ލަވަ ހަދާފައިވަނީ ޑާކްރެއިން ގެ ފިލްމުތަކުން ފެންނަ އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ، މިއުޒިކް ހަދާފައިވަނީ އިކްއެޓިކް ވައިބްސްގައި ކުރިން ހަރަކާތްތެރިވި ޙުސައިން ތަޢުފީޤް އެވެ. ލަވައިގެ ވީޑިއޯ އިން ފެނިގެންދާނީ އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ) ގެ އިތުން ނުޒުހަތު ޝުޢައިބު (ނުޒޫ) އެވެ.

 

ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމުތަކުގައި އާއްމުކޮށް ލިޕްސިންގ ހަދާފައިވާ ލަވަ މިފަހަކަށް އައިސް ހިމަނާފައި ނުވިޔަސް މި ލަވައިގެ ވައްތަރާއި ފިލްމުގައި ލަވަ އަންނަ ހާލަތުގެ ގޮތުން މިހާރު ސައުންޑްކްލައުޑުގައި ރިލީޒްކޮށްފައިވާ “އަރައިގެން އައި އިރާއޭ” ފެނިގެންދާނީ ލިޕްސިން އާއި އެކީގައި ކަމަށް މޮގާ ބުނެއެވެ.

އަރައިގެން އައި އިރާއޭ – ޅެން: އަޙްމަދު ޝާކިރު

މާމުއި” ރިލީޒް ކުރުމަށް ނިންމާފައިވަނީ އަންނަ އަހަރު އޭޕްރީލް އެކެއްގަ އެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.