އެކްތާ ކަޕޫރުގެ އެންމެ ކާމިޔާބު އެއް ޓީވީ ސިލްސިލާ ފިލްމު ‘ކަސޯޓީ ޒިންދަކީ ކޭ’ ދެއްކިތާ ދަހަރެއް ފަހުން އޭގެ ދެވަނަ ސީޒަން ދައްކާނެ ތާރީޚް ފައިނަލްވެ ސްޓާރ ޕްލަސް އިން އިޝްތިހާރު ދައްކަން ފަށައިފިއެވެ.

 

މިހާރު ދައްކަން ފަށާފައިވާ ޓްރެއިލަރ އިން ޕްރޭނާ އާއި އަނޫރާގުގެ ފުން ލޯބި ދައްކައިދެނީ ބޮލީވުޑްގެ ކިންގް ޝާހްރުކްޚާން އެވެ. ޝާހުރުކްޚާން މި ޝޯގެ ޕްރޮމޯޝަން އަށް 720 މިނިޓް ހޭދަކޮށް 8 ކުރޯޑް ރުޕީސް ނެގިއެވެ.

 

“ރޭލުގެ ފުރޮޅަށް ވަރަށް ސަމާލުވެ ދުވަހަކުވެސް ބެލިންތަ؟ އެ ފުރޮޅުތަކުގައި ވަރަށް އަޖައިބުކުރުވަނިވި ގުޅުމެއް ވެއެވެ. އެތަކެއް މޭލަށް އެކުގައި ދަތުރުކުރިޔަސް ދުވަހަކުވެސް އެކެއް ނުވެއެވެ. (އެއް ފުރޮޅު އަނެއްފުރޮޅަކާ ނުގުޅެއެވެ.) އަނޫރާގު އަދި ޕްރޭނާގެ ވާހަކަވެސް ހަމަ އެ ފުރޮޅުތައް ފަދައެވެ. އެމީހުންނަކީ އެތަކެއް ޤަރުނެއް ވާންދެން ދުރުކަމުގައި ޤާއިމުވެފައިވާ ބިމާއި އުޑުފަދަ ދެމީހުންނެވެ. އާޚިރުގައި (އެންމެ ފަހުން) އެކަކު އަނެކަކަށް އެދެވޭ އެދުމުގެ ދަތުރުގައި ކިތައް ހުރަސް (ކިތަކެއް އޮޅި) އެމީހުންގެ ލޯބި ގިރާކުރާން ޖެހޭނެ ހެއްޔެވެ.” ހުވަފެނީ އިޙްސާސަކާއެކު ޝާހްރުކްޚާން މި ސިރީޒްގެ ތަޢާރަފެއް ދެމުން ބުނެއެވެ.

 

ޝާހްރުކް މިހެން ބުނުމާއިއެކު ރަތްކުލައިގެ ދޯޕައްޓާއެއް ވަޔާ ވިހުރެމުން އައިސް އޭނާގެ މޫނުގައި ބޮސްދެއެވެ. (މޫނުމަތީގައި އެޅެއެވެ.) ޝާހްރުކްޚާން އެ ދޯޕައްޓާ ނަގައި ވައިގެ ތެރެއަށް ހޫރާލައެވެ. އެވަގުތު ވަޔާ ވިހުރެމުންގޮސް ދޯޕައްޓާ އެޅެނީ އެރީކާ އާއި ޕާރތުގެ މޫނުގައި އެޅެއެވެ. މިއީ އިޝްތިހާރުން ފެންނަ މުހިންމު އެއްބައިގައި ވާގޮތެވެ. ދެން އިޝްތިހާރު ބަލައިލުން ކިހިނެއްވާނެ ހެއްޔެވެ؟

ހިންދީ ސިލްސިލާ ޑްރާމާ ކަސޯޓީ ޒިންދަގީ ކޭ ގެ ދެވަނަ ބައި މިމަހުގެ 25 ން ފެށިގެން ކޮންމެ ރެއަކު އިންޑިޔާ ގަޑިން 20:00 ގައި (ރާއްޖޭ ގަޑިން 19:30) ގައި ދައްކާގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ.

 

ކަސޯޓީ ޒިންދަގީކޭގެ ދެވަނަ ބައިގާ މިފަހަރު ޕްރޭނާގެ ރޯލުން ފެންނާނީ އެރިކާ ފެނާންޑޯޒް އެވެ. އަދި އަނުރާގް ބާސޫގެ ރޯލު ކުޅޭނީ ޕާރތު ސަމްތާން އެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.