ދިވެހި ރީތި ލަވަތައް އާންމުންނާ ހަމައަށް އައުން މަދުވެފައިވާ މި ދުވަސްވަރު، ރީތި ދިވެހި ލަވަތަކެއް ގެންނަން އެންމެ ގިނައިން މަސައްކަތް ކުރާ އެއް ފަރާތް ކަމަށްވާ މަނިކް އާޓްސް އިން އަނެއްކާވެސް މުޅިން އާ ލަވައެއް ރިލީޒްކުރުމަށް ތައްޔާރުވަމު އެބަގެންދެއެވެ.
މަނިކް އާޓްސްއިން މިފަހަރު ރިލީސްކުރުމަށް މަސައްކަތް ކުރަމުން އަންނަ ލަވައަކީ 2010 ވަނަ އަހަރު އެމްއެންބީސީން ބޭއްވި “ވޮއިސް މޯލްޑިވްސް”ގެ އެއްވަނަ ހޯދި މުހައްމަދު ޚާލިދުގެ ވީޑިއޯ ލަވައެކެވެ.
މަނިކް އާޓްސް އިން ތައްޔާރުކުރާ މި ލަވަ ކިޔާފައިވަނީ މުޙައްމަދު ޚާލިދެވެ. މިއީ ގިނަ ދުވަސްތަކަކަށްފަހު ޚާލިދުގެ އަޑުން އިވިިގެންދާނެ ލަވައެކެވެ.
މަނިކް އާޓްސް އިން ޑައިރެކްޓްކޮށް އުފައްދާ މި ލަވައިގައި ހަރަކާތްތެރިވާނެ ތަރިންނަކީ މި ދާއިރާއަށް މުޅިން އަލަށް ތަޢާރަފްވާ ޖަޒްލީ އަޙްމަދު (ޖަޒް) އާއި މަނިކް އާޓްސްގެ “ގެއްލިފައި” ލަވައިން ފެނިގެންދިޔަ އަބްދުﷲ ވަހީދު (އަބުޅޮ) އެވެ.
“ދުރުގާ ވުމުން ކަލާ” މި ލަވައަކީ ތަފާތު ލަވައެއް ކަމަށާއި މި ލަވަ ވަރަށް ފުރިހަމަ ވާނެ ކަމަށް މަނިކް އާޓްސް އިން ބުނެއެވެ. ލަވަ ޝޫޓްކޮށްފައިވަނީ މާލެ، ހުޅުމާލެ، ވިލިނގިލި އަދި ޕެރަޑައިސް އައިލޭންޑް ރިސޯޓްގައެވެ.
ފިލްމީ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ކުދިންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުން އަންނަ މަނިކް އާޓްސްގެ މި ލަވައިގެ މިއުޒިކް ހަދާފައިވަނީ އިންތި އެވެ.

ވީޑިއޯ އެޑިޓިންގ މަސައްކަތުގައި މަނިކް
“ލަވަ ރިލީޒްކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން މި އަންނަނީ. ވަރަށް އަވަހަށް ރިލީޒްކުރާނަން،” ލަވައިގެ އެންމެ ފަހުގެ މަޢުލޫމާތު ދެމުން މަނިކް އާޓްސް އިން ބުންޏެވެ.
މަނިކް އާޓްސް އިން މިހާތަނަށް ވަނީ 12 ވީޑިއޯ ލަވަ އާއި ކުރުފިލްމު ތަކެއް ތައްޔާރުކޮށްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!