2008 ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލްގައި އިންޑިޔާ އާއި ވާދަކޮށް ދިވެހިރާއްޖޭގެ ޤައުމީ ޓީމުން 2 ލަނޑު ޖަހައި މި ސަރަޙައްދުގައި ކުޅެވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ތަށި ހޯދިއެވެ. އޭގެ 10 އަހަރު ފަހުން އަނެއްކާވެސް ރާއްޖޭގެ ޤައުމީ ޓީމުން މިވަނީ އިންޑިޔާ ޓީމާއި ބައްދަލުކޮށް 2 ލަނޑު 1 ލަނޑުން، ދިވެހިރާއްޖެއަށް ތަށި ހޯދައިދީފައެވެ.

 

ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއިއެކު ދިވެހި ކޮންމެ ފަރުދެއްގެ ހިތުގައި ޖަހަމުންދިޔަ ޤައުމީ ވިންދާއި ޤައުމީ ލޭ ކެކިގެންދިޔައީ ފިސާރި ޤައުމީ ރޫހެއްގައެވެ. އޭރުވެސް އަދި މިހާރުވެސް ކަން އޮތީ ހަމަ މި ބީދައިންނެވެ. ކޮންމެ ދިވެއްސެއްގެ ދުލުން ކިޔަމުންދަނީ އެއް ތަރާނާއެކެވެ. އާދެ، “ކުޅެ ފިސާރި ޖޯޝުގާ ދިވެހިން މޮޅުވެއްޖެޔޯ! ….. މަރުޙަބާ! މަރުޙަބާ! ޤައުމީ ޓީމަށް މަރުޙަބާ!” މިހެންނެވެ.

 

2008 ވަނަ އަހަރު ދިވެހި ޓީމު ހޯދި ކާމިޔާބީ ފާހަގަކޮށް އެތަކެއް ލަވަތަކެއް އުފަންވެގެން އައެވެ. އެ ހުރިހައި ލަވަތަކުގެ ތެރެއިން ދިވެހިންގެ ލޭ އެންމެ ބޮޑަށް ކައްކުވާލައި، ރަސްމީ އަދި ޤައުމީ ލަވައެއްގެ ގޮތުން ފާހަގަވެގެން ދިޔައީ އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން، ބަންގްލަދޭޝް ލަވައެއްގެ ރާގަށް ހެއްދެވި އަސަރާއި ޖޯޝުން ފުރިގެންވާ ޅެންވެރިކަމުގެ އަލްފާޒު ތަކެއް ހިމެނޭ ލަވައެކެވެ. “ކުޅެ ފިސާރި ޖޯޝުގާ ދިވެހިން މޮޅުވެއްޖެޔޯ! ….. މަރުޙަބާ! މަރުޙަބާ! ޤައުމީ ޓީމަށް މަރުޙަބާ!” މި ލަވައެވެ.

 

ޙުސައިން ޞަބާހް ގެ މޫސީޤީ ހުނަރާއި އެކު މިއުޒިކު ހަދާފައިވާ މި ލަވައިގެ ޅެންވެރިކަމާއި ލަވައިގެ ވީޑިއޯ އެއް މިފުރުޞަތުގައި ހިމަނާލާނަމެވެ. ދިވެހި ޤައުމީ ޓީމު ހޯދި މި ޝަރަފުވެރި މަޤާމުގެ ކާމިޔާބީގައި ހިއްސާވެލުމަށެވެ. ދިވެހި ޤައުމީ ލޭ ކެކިފައިވާތީ އެވެ.

ކުޅެ ފިސާރި ޖޯޝުގާ ދިވެހިން މޮޅުވެއްޖެޔޯ! ….. މަރުޙަބާ! މަރުޙަބާ! ޤައުމީ ޓީމަށް މަރުޙަބާ!

 

ދިވެހި ސަޕޯޓަރުންގެ ފަރާތުން ޤައުމީ ޓީމަށް އައްސަރިބަހާ ސާބަހޯ….. މޯލްޑިވްސް ހޭ! މޯލްޑިވްސް ހޭ!

 

ކުޅެ ފިސާރި ޖޯޝުގާ

ކުޅެ ފިސާރި ޖޯޝުގާ ދިވެހިން މޮޅުވެއްޖެޔޯ!

މަރުޙަބާ! މަރުޙަބާ! ޤައުމީ ޓީމަށް މަރުޙަބާ!

މަރުޙަބާ! މަރުޙަބާ! ޤައުމީ ޓީމަށް މަރުޙަބާ!

 

ސާބަހޭ ސާބަހޭ ދިވެހި ޓީމަށް ސާބަހޭ!

ސާބަހޭ ސާބަހޭ ޤައުމީ ޓީމަށް ސާބަހޭ!

އަހަރެމެންގެ ފަހަރޭ މިއީ، ބުނި ފުރަތަމަ ފަހަރު ހަމަ މިއީ

އަހަރެމެންގެ ފަހަރޭ މިއީ، ބުނި ފުރަތަމަ ފަހަރު ހަމަ މިއީ

މިޔަށް ކުޑަ ރާއްޖެ އަރާ އެއަށް ބޮޑު އިންޑިޔާ އެކެއް ސުމަކުން ބަލިކޮށްފިޔޯ!

މަރުޙަބާ! މަރުޙަބާ! ޤައުމީ ޓީމަށް މަރުޙަބާ!

 

ސާބަހޭ ސާބަހޭ ދިވެހި ޓީމަށް ސާބަހޭ!

ސާބަހޭ ސާބަހޭ ޤައުމީ ޓީމަށް ސާބަހޭ!

ހިތްވަރާ ޖޯޝުންފުރޭ ގުގުމާލި އަޑުތަކުގެ ތެރޭ

ހިތްވަރާ ޖޯޝުންފުރޭ ގުގުމާލި އަޑުތަކުގެ ތެރޭ

ރަންމެޑެލް ކަރަށް މަހައި ތަށި ދެއަތުކޮޅަށް އެރޭ ދިވެހިން އުފުލައިފިޔޯ!

މަރުޙަބާ! މަރުޙަބާ! ޤައުމީ ޓީމަށް މަރުޙަބާ!

 

ސާބަހޭ ސާބަހޭ ދިވެހި ޓީމަށް ސާބަހޭ!

ސާބަހޭ ސާބަހޭ ޤައުމީ ޓީމަށް ސާބަހޭ!

ސާފުގެ އެއްވަނަ ހޯދީ ހަމަ ވަރުބަލިކަމެއްވެސް ނެތޭ

ސާފުގެ އެއްވަނަ ހޯދީ ހަމަ ވަރުބަލިކަމެއްވެސް ނެތޭ

ތިޔަކުރި ހިތްވަރަކުން، ތިޔަކުރި ހިތްވަރަކުން ޤައުމު ވިދާލައިފިޔޯ!

މަރުޙަބާ! މަރުޙަބާ! ޤައުމީ ޓީމަށް މަރުޙަބާ!

 

ކުޅެ ފިސާރި ޖޯޝުގާ

ކުޅެ ފިސާރި ޖޯޝުގާ ދިވެހިން މޮޅުވެއްޖެޔޯ!

މަރުޙަބާ! މަރުޙަބާ! ޤައުމީ ޓީމަށް މަރުޙަބާ!

މަރުޙަބާ! މަރުޙަބާ! ޤައުމީ ޓީމަށް މަރުޙަބާ!

މަރުޙަބާ! މަރުޙަބާ! ރަތް ޓީމަށް މަރުޙަބާ!

މަރުޙަބާ! މުޚްތާރާ އަޝްފާޤަށް މަރުޙަބާ!

އަސްއަދާ ސޮބާ ޖަމީލް އިއްސޭ އަށް މަރުހަބާ!

މަރުޙަބާ! އިމްރާނާ ޠާރިޤުއަށް މަރުޙަބާ!

އައްމަޓީ ޝިފާނުއާ ފަޒީލު އަށް މަރުޙަބާ!

މަރުޙަބާ! ހާނިމުއާ ޝާހިރުއަށް މަރުޙަބާ!

މަރުޙަބާ މުޅި ޓީމާ މަޢުމޫނަށް ޝުކުރިޔާ!

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.