ދެކުނު އެފްރިކާގެ ޤައުމެއް ކަމަށްވާ ޑޮމެނިކަން ރިޕަބްލިކް ގެ ޑްރައިވަރެއް، ފަސް މީހުންގެ ޖާގަ ހުންނަ އޭނާގެ ކާރުގައި 18 މީހުން އުފުލައިފި އެވެ. މިއީ އެ ޤައުމުގެ ތާރީޚްގައި އެންމެ ބަރުކޮށް ކާރެއްގައި މީހުން އުފުލައިގެން ރެކޯޑެއް މުގުރައިލި ފުރަތަމަ ފަހަރު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

 

ނަމަވެސް މިއީ މީގެ 9 އަހަރުކުރިން، 2009 ވަނަ އަހަރު ހިނގާފައވާ އެހެން ހާދިސާ އެކެވެ. ކޭޕް ޓައުންގެ ޚައެލިޓްޝާ އަވަށަށް ނިސްބަތްވާ ޑްރައިވަރު އޭނާގެ މިނީ ވޭން އަށް 26 މީހުން އެރުވޭއިރު، އެއަށް 112 ފަސިންޖަރުން އަރުވައިގެން ދުއްވިއެވެ. މީސް މީޑިއާ ގައި މި ޚަބަރު ފެތުރެން ފެށުމުން އެއް ފަހަރާ ގިނަބަޔަކު އަރުވައިގެން ނުދުއްވުމަށް ކަމާބެހޭ ވުޒާރާތަކުން އެތަނުގެ ރައްޔިތުންނަށް އިލްތިމާސްކުރި އެވެ.

 

ޓްރެފިކް ފުލުހުން ކެނޑިނޭޅި ކުރަމުންދިޔަ އިލްތިމާސް ތަކަށް ބަލައިލުމެއް ނެތި އަނެއްކާވެސް މިއަހަރު މިވަނީ ޑޮމިނިކަން ރިޕަބްލިކްގެ ޑްރައިވަރެއް އަނެއްކާވެސް މިވަނީ މިފަދަ ކަމެއް ކޮށްފައެވެ. ޤާނޫނާއި ޤަވާޢިދުތައް މުގުރާލާފައެވެ. މިފަހަރު މިވަނީ 5 މީހުންގެ ޖާގަ ހުންނަ ކުޑަކުޑަ ކާރެއްގައި 18 މީހުން އުފުލާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.