ނިއުމާ މުހައްމަދުގެ އަޑު ހަލާކުވުމުން “ނިވައިރޯޅި” ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފި އެވެ. މިކަން ނިޢުމާ އިޢުލާނުކުރީ ހަލާކުވެފައިވާ ނިޢުމާގެ އަޑުން ވާހަކަދައްކަމުން އާއްމުކޮށްފައިވާ ވީޑިއޯ މެސެޖަކުންނެވެ.
ފޭސްބުކް ވީޑިއޯ މެސެޖެއްގައި ބުނީ ފިލްމުގެ އިންތިޒާރުގައި ވަރަށް ގިނަ ބަޔަކު ތިއްބައި ދޭން އޮތީ ވަަރަށް ހިތާމަވެރި ހަބަރެއް ކަމަށެވެ. “ރޯގާ ޖެހިގެން އަޑުދިޔަ ގޮތަށް މިހާރު ދެ މަސްވެއްޖެ. އަޑު ގޮސްގެން ފިލްމަށް ޑަބްނުކުރެވިގެން މި އުޅެނީ، އެހެންވެ ފިލްމު ލަސްކޮށްލަން މި ޖެހުނީ، އިނގޭ ފޭނުން ވަރަށް ދެރަވާނެކަން، އެކަމަކުވެސް އުއްމީދުކުރަން އިންތިޒާރުކުރާނެ ކަމަށް،”
“ރޯގާ ޖެހިގެން އަޑު ދިޔަ ގޮތަށް މިހާރު ދެ މަސްވެއްޖެ. އަޑު ގޮސްގެން ފިލްމަށް ޑަބް ނުކުރެވިގެން މި އުޅެނީ. އެހެންވެ ފިލްމު ލަސްކޮށްލަން މި ޖެހުނީ. އެނގޭ ފޭނުން ވަރަށް ދެރަވާނެކަން،” ވީޑިއޯ ގައި ނިއުމާ ބުންޏެވެ. “އެކަމަކު ވެސް އުއްމީދު ކުރަން އިންތިޒާރު ކުރާނެ ކަމަށް.”
ނިޢުމާ ބުނީ އަންނަ އަހަރަށް ފިލްމު ފަސްކޮށްލަން ޖެހިފައިވާ ކަމަށާއި އެކަމާ ހިތާމަކުރާކަމަށެވެ.
ނިއުމާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރިޕްޓާއި ޑައިރެކްޝަންގެ މަސައްކަތްކޮށްފައި ވަނީ މޫމިން ފުއާދު އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!
- 4 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޕޯސްޓަރާއި ބައެއް ލަވަތައް ނެރުމަށް އާއްމުކޮށް ހުޅުވާލައިގެން ބޮޑު އިވެންޓެއް!
- 30 މާރޗް 2025ޚަބަރު“ސޮރީ” ފިލްމުގެ ލަވައެއްގެ ޝޫޓިންއަށް ގިނަ ޢަދަދެއްގެ ކުޑަކުދިން ބޭނުންވެއްޖެ
- 30 މާރޗް 2025ރިޕޯޓްމެލަސްމާ އަކީ ކޮބާ؟