ރާއްޖޭގައި މިހާތަނަށް ހެދި އެންމެ އަގުބޮޑު ވީޑިއޯ ލަވަ ކަމަށްބުނާ “ހީލީމާ” ގެ ރީމޭކެއް ރާއްޖޭގެ ދެ މޮޑެލުން ހިމަނައިގެން ނެރުމަށް ތައްޔާރު ވެއްޖެއެވެ. “ހީލީމާ” އަކީ 2016 ވަނަ އަހަރު ރިލީޒްކޮށްފައިވާ ލަވައެކެވެ.

 

ކުރީ ލަވައާއި އެއްގޮތަށް މިފަހަރުގެ ލަވަ ވެސް ޑައިރެކްޓް ކުރާނީ ކުރިންވެސް މި ލަވަ ޑައިރެކްކުރި އަޒްހާން އިބްރާހިމް އެވެ. 

 

“ހީލީމާ” ގެ ރީމޭކްގައި ފެނިގެންދާނީ ރާއްޖޭގައި ފުރަތަމަ ބޭއްވުނު އިންޓަނޭޝަނަލް ފެޝަން މުބާރާތް ކަމަށްވާ “ޓޮޕް މޮޑެލްސް މޯލްޑިވްސް 2018″ގެ ކާމިޔާބުކުރި ޖަމްޝީދާ ޖަމްޝީދުގެ އިތުރުން ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒުވާން ފިރިހެން މޮޑެލް މުހައްމަދު އިޝްފާނެވެ. 

 

ލަވައިގެ ޑައިރެކްޓަރ އަޒްހާން ބުނީ މި ލަވައަކީ ވެސް ކުރީގެ ލަވައިގެ ރަހަތައް ހިމަނައިގެން ތައްޔާރު ކުރާނެ ލަވައެއް ކަމަށެވެ. މި ލަވައިގެ ޕްރޮޑަކްޝަން މަސައްކަތް ކުރަނީ “އިމޭޖިނޭޝަން ރިއަލިޓީ”އިންނެވެ. 

ރަޝިއާގެ އެޑެއިގޯ ޓީވީން ވަނީ އެ ޓީވީގެ ރަސްމީ ޓްވިޓާ އެކައުންޓްގައި “ހީލީމާ” ލަވަ އެފަހަރު ޕޯސްޓްވެސް ކޮށްފައެވެ. އެ ލަވައިގެ އިތުރުން ލަވައިގެ މޭކިން ވެސް ވަނީ އެ ޓްވީޓާ އެކައުންޓްގައި ޕޯސްޓް ކޮށްފަ އެވެ. 

 

އަމިއްލަ ރާގުގެ އެ ލަވަ ކިޔާފައިވަނީ މުހައްމަދު އަބްދުލް ޣަނީ އާއި އޭނާގެ އަންހެނުން މަރިޔަމް އަޝްފާ އެވެ. ލަވައިގެ ކެމެރާ މަސައްކަތް ކޮށްފައި ވަނީ ސްޓްރީކް ސްޓޫޑިއޯއިންނެވެ. ލަވަ ނަގާފައިވަނީ ހުޅުމާލެ، ޅ. ހިންނަވަރު އަދި އއ. ތޮއްޑޫގަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.