ނުވަދިހައިގެ އަހަރުތަކުގައި އޮލިމްޕަހުގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން “ހަދިޔާ” މި ފިލްމަކީ ދިވެހި ފިލްމުބެލުންތެރިންނަށް ލިބިގެންދިޔަ އަގުހުރި ހަދިޔާ އެކެވެ. ޢިބްރަތްތެރި މެސެޖްތަކެއް ލިބިގެންދިޔަ އެ ފިލްމުން ދައްކުވައިދެނީ މެދު އުމުރަށް އަޅާފައިވާ ދެމީހުން، މަރްހޫމް އަޙްމަދު ޝަރުމީލް (ރައޫފް) އާއި މަރިޔަމް ވަހީދާ (ޝާއިރާ) ޒަވާޖީ ހަޔާތެއް ފެށުމަށް ތައްޔާރުވަމުންދާއިރު، ޝަރުމީލުގެ ހުންނަ ހަމައެކަނި ދަރިފުޅު ފާތުމަތު ރަމީޒާ (ރިޝްފާ) އަށް ބްރެއިން ޓިއުމަރެއްގެ އުނދަގުލާއި ވޭން ތަހައްމަލުކުރަމުންދާ ހަޔާތެކެވެ. ރަމީޒާގެ ހަޔާތް ފަޅުފިލުވައިދެމުން ގެންދަނީ މަހުރަބު އިއްބެ ގެ ނަމުން މަޝްހުރުވެފައިވާ އިބްރާހިމް ރަޝީދު (ޝަފްރާޒް) އެވެ.

“މި ރާއްޖޭގެ ސާފު ވައި….” މި ލަވައަށް ބަލައިލާއިރު، މިއީ ތަމަޅަ ލަވައެއްގެ ރާގަށް، ޢަލީ ރަމީޒް ކިޔާފައިވާ ލަވައެކެވެ. ވަރަށް ނޭވާ ދިގުކޮށް ކަޑިތައް ހިފަހައްޓާލައިގެން ކިޔާފައިވާ ހިތްގައިމު ލަވައެކެވެ. ރާއްޖޭގެ ރީތި ތިމާވެށީގެ ވާހަކަތައް ދެކެވޭ ލަވައެކެވެ.

 

ލަވައިގެ ލިރިކްސް

މި ރާއްޖޭގެ ސާފު ވައި ލިބި ހެލިލަމުންދާ ފަންތަކާ
މި ދޮންވެލި ތުނޑީގެ ހުދުހުދު މާ ހިމުން ދޮންވެލި ތަކާ
ތަސައްވަރު މިކޮށްދޭ ގުދުރަތީ މިސާލު
ހިތަށް ކުރުވަމުންދޭ މާކުރީ ޚިޔާލު

 

މި ރާއްޖޭގެ ސާފު ވައި ލިބި ހެލިލަމުންދާ ފަންތަކާ
މި ދޮންވެލި ތުނޑީގެ ހުދުހުދު މާ ހިމުން ދޮންވެލި ތަކާ
ތަސައްވަރު މިކޮށްދޭ ގުދުރަތީ މިސާލު
ހިތަށް ކުރުވަމުންދޭ މާކުރީ ޚިޔާލު

 

ކުޑަކުޑަ ކުއްޖަކު ބޮޑުވަމުންދާއިރު
ވަގުތުމެ މަޑުނުވެ ވޭތުވެ ދާއިރު
ގެދޮރުމެ ކުދަނުވެ ތަންތަން އޮތް އިރު
ވަލުފެން ލޮނުނުވެ ރަނގަޅަށް ހުރިއިރު
ރުށް ގަސް މަދުނުވެ ހިތަކަށް އޮތް އިރު
ގިނަ ގުނަ ރަށް ތައް ނުގިރާ އޮތް އިރު
ވިލު ފަޅު ތިލަ ފަރު ހަޑިނުވެ އޮތް އިރު
އެގިއެގި ވާތީ އެޒަމާން އެފަހަރު ތާ

 

މި ރާއްޖޭގެ ސާފު ވައި ލިބި ހެލިލަމުންދާ ފަންތަކާ
މި ދޮންވެލި ތުނޑީގެ ހުދުހުދު މާ ހިމުން ދޮންވެލި ތަކާ
ތަސައްވަރު މިކޮށްދޭ ގުދުރަތީ މިސާލު
ހިތަށް ކުރުވަމުންދޭ މާކުރީ ޚިޔާލު

 

މެދުއުމުރަށް ފަހު ވިސްނާލާއިރު
ވަގުތުމެ މަޑުނުވެ އަދިވެސް ދާއިރު
ގެދޮރުމެ ކުޑަވެފަ ތަން މަދު ވާއިރު
ވަޅުފެން ލޮނުވެފަ ކަމުނުމެދާއިރު
ރުއްގަސް މަދުވެފަ އަމުދުން ނެތްއިރު
މިދުވަހު ރަށްތައް ގިރަމުން ދާއިރު
ވިލު ފަޅު ތިލަ ފަރު ހަޑިކޮށް ވާ އިރު
ދެކެމުން ދާތީ މިޒަމާން ދާއިރު ތާ

 

 

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.