އައިރިޝް ގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝިނޭޑް އޯކާނާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ޤަބޫލުކޮށް އިސްލާމްވެފައި ވާކަމަށް އޭނާ ބުނެފި އެވެ.

 

‘ނަތިންގ ކޮމްޕެއަރސް ޓު ޔޫ’ ގެ ނަމުގައި 1990 ވަނަ އަހަރު ކިޔި ލަވައިން މަޝްހޫރުވި ޝިނޭޑް އޯކާނާ ބުނީ އޭނާގެ ނަން ޝުހާދާ އަށް ބަދަލުވެސް ކޮށްފައިވާ ކަމަށެވެ.

 

ޝިނޭޑް އޯކާނާ ކޮށްފައިވާ ޓްވީޓެއްގައި ވަނީ މުސްލިމުން އޭނާއަށް ދެމުން އަންނަ ސަޕޯޓަށް ޝުކުރު އަދާކޮށްފައެވެ.

 

އޭނާ ބުނީ އިސްލާމްވުމަށް އޭނާ ނިންމި ނިންމުމަކީ “ޤުދުރަތްތެރިކަމާއި ކަލާންގެއާއި ދީންތަކާބެހޭ މަޢުލޫމާތު ހޯދައި ބަލަމުން އަންނަ މީހަކަށް ޤުދުރަތީގޮތުން އާދެވޭނެ ދަތުރުގެ ނިމުން ކަމަށެވެ. 

 

ޝިނޭޑް ގެ އަޑުން ބަންގި ގޮވާފައިވާ ވީޑިއޯ އެއްވެސް އޭނާވަނީ ޔޫޓިއުބްގައި އަޕްލޯޑްކޮށްފައެވެ.

 

މިދިޔަ ބުރާސްފަތި ދުވަހު، އައިރިޝް ގެ އިމާމް ޝައިޚް ޑރ. އުމަރު އަލް-ޣަދްރީ ވަނީ ޝިނޭޑް އޯކާނާ ޝަހާދަތުގެ މަތިވެރި ދެކަލިމަ ކިޔައި އިސްލާމްވި މަންޒަރު ހިމެނޭ ވީޑިއޯއެއް އާއްމުކޮށްފައެވެ.


ޝިނޭޑް އޯކާނާ އިސްލާމްވުމަށް ޝަހާދަތުގެ ދެކަލިމަ ކިޔާ ވީޑިއޯ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.