‘އޮން ސްކްރީން ކެމިސްޓްރީ’ ވަރަށް ރަނގަޅަށް ގުޅޭ، ޒުވާން ދެ ފަންނާނުން ކަމަށްވާ ޢަލީ އާޒިމް (ދޮންއައްޔަ) އާއި މަރިޔަމް އައްޒަ އަނެއްކާވެސް ޝޫޓިންގ ބްރޭކް ތެރެއިން ފިސާރި ވަރުގަދަ ލަވައެއް ‘ފަޅާލައިފި’ އެވެ.
އިތުބާރުހުރި ފަރާތަކުން މުނިއަވަސް އަށް މަޢުލޫމާތު ލިބިފައިވާގޮތުން މިވަގުތު ދޮންއައްޔަ އާއި އައްޒަ ހަރަކާތްތެރިވަމުންދަނީ ބ. ދަރަވަންދޫގައެވެ. ޔޫސުފް ޝަފީޢު (ޔޫއްޕެ) ގެ ވަރުގަދަ ފިލްމެއް ޝޫޓްކުރުމުގަ އެވެ. ޝޫޓިންގ ބްރޭކް ތެރެއިން ތަފާތު މަޖާ، ފަންނީ ކަންކަން ކޮށްލަމުން އަންނަ ދޮންއައްޔަ އާއި އައްޒަ މިފަހަރުވެސް ‘ފަޅާލާފައި’ މިވަނީ މަޝްހޫރު ހިޕްހޮޕް ލަވައެކެވެ. އައްޒަގެ އިންސްޓަގްރާމްގައި “މޮޔަވުން އިން ޝޫޓް ބްރޭކްސް ވިތު ދޮން އައްޔަ ބީ ލައިކް” ގެ ނަމުގައި ޕޯސްޓްކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު މި ދެފަންނާނުން “ލީނާ” ފިލްމު ގެ ޝޫޓިން ބްރޭކްގައި ފަޅާލިފަދަ ދިވެހި ރެޕް ލަވައެކެވެ.
މިއަހަރު ޖެނުއަރީމަހު އއ. އުކުޅަހުގައި ކުރިއަށްދިޔަ ފިލްމު ‘ލީނާ’ ގެ ޝޫޓިން ތެރެއިން ހަނިހަނި ވަގުތުކޮޅެއް ހޯދައިގެން އައްޒަ އާއި ދޮންއައްޔަ ޕޯސްޓްކުރި ވީޑިއޯ، ދެގަޑިއެއްހައި އިރު ތެރޭގައި ދެލައްކަ އަށްވުރެން ގިނަ މީހުން ބެލިކަން ފާހަގަކޮށްލެވެއެވެ.
ފަންނާނުންގެ ޝޫޓިންގ ބްރޭކްގައި ތަފާތު މަޖާނެގުން އޮންނައިރު، މި ދެފަންނާނުންގެ ފަރާތުން ފެނިގެން މިދަނީ ތަފާތު ހަރަކާތްތަކެއްކަން ގިނަބަޔަކު ފާހަގަކުރެއެވެ. މިވަގުތު އެންމެ ގިނަ ފިލްމުތަކެއްގެ ޝޫޓިންގ ގައި ހަރަކާތްތެރިވަމުން އަންނަ ދޮންއައްޔަ އާއި އައްޒަގެ މަޤްބޫލުކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
މަޢުލޫމާތު ލިބޭގޮތުން 2019 ވަނަ އަހަރު ވެސް ވެގެންދާނީ ދޮންއައްޔަ އާއި އައްޒައަށް ވަރަށް ބިޒީ އަހަރަކަށެވެ. މިފަދަ އިޝާރާތެއް ދޮންއައްޔަގެ ފަރާތުން ވަނީ ލިބިފައެވެ.
“އެކަމަކު ހުރީ މުޅިންވެސް ސަޕްރައިޒް، މަސައްކަތްތަކެއް.” މިވަގުތު އައްޔަ ހަރަކާތްތެރިވާ ޝޫޓިންގ އާބެހޭ އިތުރު މަޢުލޫމާތެއް ދިނުމަށް އުޒުރުވެރިވަމުން އައްޔަ ބުނީ މިހެންނެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހް ހަލަބޮލިވެ ރިޔާސީ އިންތިޚާބާ ގުޅިގެން ފިލްމީ މަސައްކަތްތަކުގެ ޚަބަރުތައް ފަނޑުވެފައި އޮތުމަށްފަހު އަނެއްކާވެސް މިވަނީ ފިލްމީ މަސައްކަތް ވައިގައި ހިފާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 8 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު“ލޯބިން” އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟