ރާއްޖޭގެ ފުރަތަމަ އެނިމޭޓެޑް ފީޗާ ފިލްމު “ބަގީޗާ” އަށް އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ) ވަރަށް ބޮޑަށް ތަޢުރީފް ކުރައްވައިފި އެވެ.

 

ސެލްމިން ސްޓޫޑިއޯ އިން އުފެއްދި ފީޗާ ފިލްމު “ބަަގީޗާ” ޕްރިމިއަރ ކޮށްދެއްވާ ފިލްމު ބައްލަވައިލެއްވުމަށް ފަހު އިބޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސެލްމިން އެނިމޭޝަން ސްޓޫޑިއޯ ގެ ފުރަތަމަ ފީޗާ ފިލްމު “ބަަގީޗާ” ބެއްލެވުން ‘އެންޖޯއީ’ ކުރެއްވިކަމަށެވެ.

އިބޫ ކުރެއްވި ޓްވީޓް

އިތުރަށް ވިދާޅުވީ އެ މަސައްކަތަކީ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށާއި އެފަދަ އިތުރު އުފެއްދުންތައް ކުރިއަށް އޮތްތަނުގައި ދެކިލައްވަން ބޭނުންފުޅު ކަމަށެވެ.

 

މި ފިލްމާ ގުޅޭގޮތުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ބަގީޗާއަކީ އެނިމޭޓެޑް ފިލްމެއްގައި ހުންނަންޖެހޭ ހުރިހާ ރަހައެއް އެކުލެވޭ ފިލްމެއް ކަމަށެވެ. ބޭރުގެ ސްޓޫޑިއޯ އަކުން އުފައްދާނަމަ އެތައް މިލިއަން ޑޮލަރެއް މިފަދަ ފިލްމަކަށް ހަރަދުކުރާނެ ކަމަށް އިބޫ ވިދާޅުވިއެވެ. މިއީ ރާއްޖޭގެ އާޓިސްޓުންގެ ހުނަރު ފެނިގެންދާ ފިލްމެއް ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.