ކުއްލިއަކަށް ފޭސްބްކް ތެރެއިން ފެނުނު ޕޯސްޓެކެވެ. ފެންނަނީ ސްޕައިޑަރމޭންގެ ހެދުމުގައި ހުރި މީހެކެވެ. ކައިރީގައި އަންހެންކުއްޖެއް ހުއްޓެވެ. ސްޕައިޑަމޭންގެ ކޮނޑުގައި ހިފަހައްޓާލައިގެންނެވެ.

 

އިޝްތިހާރު ބަލައިލަން ޕްލޭއަށް ޖައްސައިލީ އާޢްމު ދިވެއްސެއްގެ ވިސްނުމުގައި ހުރެގެންނެވެ. ދިވެހިން ކޮށްފައިވާ މަސައްކަތެއްކަމުން އެއްވެސް ކޮލިޓީއެއް ނުހުންނާނެކަމަށް ހިތާހިތުން ކުދި ކިޔަމުންނެވެ. ނަމަވެސް ކަންވީ ގޮތް މުޅީން ތަފާތެވެ. ނޭވާ ހިފަހައްޓާލައިގެން އިނދެ ވީޑިއޯ ބަލަން އިނދެވުނީ ޝައުގުވެރިކަމާ އެކުގައެވެ. ވީޑިއޯ ނިމެން ކައިރިވި ފަހުން އެނގިގެން ދިޔައީ މިއީ އީޓް ޑޮޓް އެމްވީ ގެ އިޝްތިހާރެއްކަމެވެ.

 

އިޝްތިހާރުގެ އެންމެ ފަހު މަންޒަރުން ލިބުނީ ބޮޑު ހައިރާންކަމެކެވެ. ސްޕައިޑަރމޭންގެ މާސްކް ނަގާ ހިސާބުން ސްޕައިޑަރމޭން އަކީ ކާކުކަން އެނގުމުން ހަމަ ކޮންމެ މީހަކުވެސް ހައިރާންވާނެ އެވެ.

 

މިއީ 2019 ގައި ޚިދުމަތްދޭން ފަށާ އޮންލައިން ގްރޮސަރީ ސްޕަރމާކެޓެއްގެ އިޝްތިހާރެކެވެ. މިއީ ވީޑިއޯ އަދި ފޮޓޯގްރަފީ ސްޓޫޑިއޯއެއް ކަމަށްވާ ޑައިނަމީސްޓުން އުފައްދާފައިވާ އިޝްތިހާރެއް ކަމަށް އީޓް އެމްވީން މުނިއަވަސް އަށް މައުލޫމާތު ދެމުން ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.