މަޝްހޫރު ބަޠަލާ ނިއުމާ މުހައްމަދުގެ އަޑު ހަލާކުވެގެން “ނިވައިރޯޅި” އަށް އަޑު ނޭޅި ގިނަދުވަސްތަކެއް ވުމަށްފަހު އަޑު ރަނގަޅުވުމުން ނިޢުމާގެ ބައި ޑަބްކޮށް ނިންމައިފި އެވެ.

 

މިދިޔަ އޮކްޓޯބަރު މަހުގެ 15 އިން، އަންނަ މަހުގެ 3 އަށް ފަސްކުރި “ނިވައިރޯޅި” އަހަރުގެ ފުރަތަމަ ފިލްމުގެ ގޮތުގައި ސިނަމާ އަށް ގެންނަން ވަނީ ނިންމާފައެވެ. އަދި ފިލްމު ގެންނާނީ ވަރަށް ފުރިހަމަކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ.

 

“ނިވައިރޯޅި” އަކީ މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ބޮޑު ކާސްޓަކާ އެކު ހަދާފައިވާ “ނިވައިރޯޅި” އަކީ 2011 ގައި ރިލީޒް ކުރި “ލޫދިފާ” އަށް ފަހު، ރާއްޖޭގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ މޫމިން ގެނެސްދޭ ފުރަތަމަ ފިލްމެވެ.

 

“ނިވައިރޯޅި” ގެ ލީޑް ކާސްޓުންނަކީ ނިއުމާއާ އި ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. އިތުރު ތަރިންގެ ތެރޭގައި ޒީނަތު އައްބާސް، އިސްމާއީލް ޒާހިރު، މަރިޔަމް ޝަކީލާ އަދި އައިނިމަތު ރަޝީދާ (އައިންތު)، އައިމިނަތު ރިޝްފާ، އަހުމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު އަޒްމީލް (އަޒޭ)، މަރިޔަމް ހަލީމް، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އަހުމަދު އާސިމް އަދި އައިމިނަތު އިޝާލް ރަޝީދު ހިމެނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.