ދިވެހި ފިލްމީ ދާއިރާގައި އެކްޓިން އިން މަޝްހޫރު ފިލްމީ ތަރި ނިޢުމާ މުޙައްމަދު އެއްކޮށް ނިވައިވުމުގެ ކުރިން ފެނިގެންދާނެ ފިލްމު “ނިވައިރޯޅި” ގެ ދެވަނަ ޓްރެއިލަރ ބަލައިފިން ހެއްޔެވެ؟ މިފަހަރުގެ ޓްރެއިލަރ ވެސް ވަރަށް ޝައުޤުވެރި އެވެ.

 

ނިއުމާ އާއި އޭނާގެ ދަރިފުޅު ޒޯޔާ ހަސަންގެ ފިލްމު ކުންފުނި ނިއުޒޯ އިން ޕްރޮޑިއުސްކޮށް އުފައްދާފައިވާ “ނިވައިރޯޅި” އަކީ މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ނިއުމާގެ ދަރިފުޅު ޒޯޔާގެ އަޑުން ކިޔާފައިވާ ލަވައެއް ހިމެނުންވެސް މިއީ ފިލްމު ޚާއްޞަ ވެގެންދާ އެއްކަމެކެވެ.

 

“ނިވައިރޯޅި” ގެ ލީޑް ކާސްޓުންނަކީ ނިއުމާއާ އި ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. އިތުރު ތަރިންގެ ތެރޭގައި ޒީނަތު އައްބާސް، އިސްމާއީލް ޒާހިރު، މަރިޔަމް ޝަކީލާ އަދި އައިނިމަތު ރަޝީދާ (އައިންތު)، އައިމިނަތު ރިޝްފާ، އަހުމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު އަޒްމީލް (އަޒޭ)، މަރިޔަމް ހަލީމް، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އަހުމަދު އާސިމް އަދި އައިމިނަތު އިޝާލް ރަޝީދު ހިމެނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.