ހަރުފައެއްގެ ބަނޑުން، ހަރުފަ އާއިލާގެ އައު ދަރިފަސްކޮޅަކަށް ނިސްބަތްވާ ހަރުފައެއް ފެނިއްޖެ އެވެ.
ހާލަތަށް ބަލައި ‘އާދަޔާޚިލާފު ޑިނަރ ހަރުފަ’ – ސެނަސްޕިސް އެނިގްމާ ގެ ނަމުން ނަންދީފައިވާ މި ހަރުފަ ފެނިފައިވަނީ މެކްސިކޯގެ ޖަންގަލީގައި ހަރުފަ ދިރިއުޅޭ މާހައުލަކުން ނޫނެވެ. ނަމަވެސް އެ މާހައުލުގައި ދިރިއުޅެމުންއައި ހަރުފައެއްގެ ބަނޑުތެރެއިންނެވެ.
‘ނޭޝަނަލް ޖިއޮގްރަފިކް ޗެނަލުން’ ރިޕޯޓްކޮށްފައިވާގޮތުން މި ހަރުފައިގައި ވަރަށް އާދަޔާޚިލާފު ޚާއްޞަ ސިފަތަކެއް ހުރެއެވެ. މި ސަބަބާއިހުރެ ހަރުފައިގެ އާއިލާއަށް ނިސްބަތްވާ އެހެން ހަރުފަތަކާއި ބޮޑު ތަފާތެއް މިހަރުފައިގައި ހުރެއެވެ. އެގޮތުން އެސޮރުގެ ބޮލުގެ ނާށިގަނޑުގެ ބައްޓާމާއި ނިގުލުގެ ދަށުގައި ހުންނަ ހުޅުނބުތައް ތަފާތެވެ.
އަލަށް ފެނުނު މި ހަރުފައިގެ ދިރުންހުރި ހަރުފައެއްގެ ދިރިދިރިހުރި ސްޕެސިމަމް އެއް ސައިންސްވެރިންނަށް އަދި ހޯދިފައި ނުވާކަމަށް މި ހަރުފައިގެ ދިރާސާކުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ‘ހަރޕެޓޮލޮޖިސްޓް’، ޖޮނެތަން ކޭމްޕްބެލް އާއި ހަވާލާދީ ނޭޝަނަލް ޖިއޮގްރަފިކް ޗެނަލުން ބުނެއެވެ.
އެންމެ ފުރަތަމަ މިފަދަ ހަރުފައެއް ފެނިފައިވަނީ ވެސް އެހެން ހަރުފައެއްގެ ބަނޑުތެރެއިން 1976 ވަނަ އަހަރުއެވެ. ނަމަވެސް އޭގެ ފަހުން މިފަދަ ހަރުފައެއް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.
“މިކަމުން ހެކިލިބެނީ ބައެއް ވައްތަރުގެ ހަރުފައަކީ ކިހައި ސިއްރުވެރި އެއްޗެއްކަން،” ޖޮނެތަން ކޭމްޕްބެލް ހާމަކުރެއްވި އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 02
- 7 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 01
- 12 ޖެނުއަރީ 2021ވާހަކަމާފުކުރާށޭ ކަލާ
- 28 އޭޕްރިލް 2020ބިރުވެރިލޯބިވެވުނީ އެވެ.