މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ އެކްޒެކިއުޓިވް ބޯޑުގެ ޗެއަރ އަކަށް ޝިވާޒް (މާސްކޭ) އަދި ވައިސް ޗެއަރ އަކަށް ނިއުމާ އިންތިޚާބުކޮށްފި.
ޖެނެރަލް ސެކްރެޓަރީ އަކަށް އިންތިޚާބްވީ ޔޫއްޕެ.
ޚަޒާންދާރަކަށް އިންތިޚާބްވީ ޖާދުﷲ އިސްމާޢީލް.
ބޯޑު މެންބަރުންނަށް އިންތިޚާބްވެފައި ވަނީ ޝާނީޒް، މަނިކް އަދި ޒިޔާ
ވޯޓް ނަތީޖާ އިއުލާނުކުރަން ފަށައިފި
ވޯޓްލުމަށް ރެޖިސްޓްރީ ކުރީ 57،، ވޯޓްލީ 55 މެންބަރުން
ވޯޓް ގުނުން އެންމެ ފަހު ފަހަރަށް ޗެކްކުރަން ފަށައިފި
ވޯޓްލާ ނިމިގެން ވޯޓް ގުނަން ފަށައިފި
މޯލްޑިވްސް ފިލްމު އެސޯސިއޭޝަން އެގްޒެކިއުޓިވް ބޯޑުގެ އިންތިޚާބުގެ ރެޖިސްޓްރޭޝަން އޮލިމްޕަހުގައިފެށިއްޖެ އެވެ.
މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ އެގްޒެކިއުޓިވް ބޯޑު ހޮވުމަށް ބާއްވާ އިންތިހާބް ކުރިއަށްގެންދަނީ ފަސް މެމްބަރުންގެ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. ކޮމިޓީގައި ހިމެނެނީ ފިލްމީ ތަރި މުހައްމަދު ރަޝީދު (ދަރާ) އާއި މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) އާއި އިބްރާހީމް ރަޝީދު (ބުރޯ) އާއި މަޝްހޫރު ފޮޓޯގްރާފަރު ނިޝާން (މިލްޒީރޯ) އާއި ކަޅުއޮށް ނަސީރެވެ.
މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ އެގްޒެކިއުޓިވް ބޯޑުގެ ޗެއާޕާސަންގެ މަގާމަށް މިފަހަރު ކުރިމަތިލާފައިވަނީ އެކްޓަރު އަލީ ސީޒަނާއި ކެމެރާމަން ޝިވާޒް އަބްދުﷲ (މާސްކޭ) އެވެ.
ވައިސް ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައިފައިވަނީ މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ދައުރުވި ހަމަވި ބޯޑުގެ ވައިސް ޗެއާގެ މަގާމުގައި ހުރި އެކްޓަރު އަބްދުﷲ މުއާޒް (މުއާ) އާއި މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދެވެ.
އަަލަށް ހޮވާ ބޯޑްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާފައި ވަނީ މަޝްހޫރު އެކްޓަރު ޔޫސުފު ޝަފީއު (ޔޫއްޕެ) އެކަންޏެވެ. އެހެންކަމުން އިންތިހާބަކާ ނުލައި ޔޫއްޕެ އަށް ވަނީ އެ މަގާމު ކަށަވަރުވެފަ އެވެ.
ޚަޒާންދާރުގެ މަގާމަށް ކުރިމަތިލައިފައިވަނީ ކުރީގެ ބޯޑްގެ ބޯޑް މެމްބަރުންގެ މަގާމު އަދާކުރި އެކްޓަރު/ފެޝަން ޑިޒައިނަރު ޖާދުﷲ އިސްމާއީލް (ޖާދު) އާއި އިބްރާހީމް ރިޔާޒް (ރިޔާ) އެވެ. ބޯޑު މެމްބަރުންނަށް މި ފަހަރު ކުރިމަތިލާފައިތިބީ އެކްޓަރު އަހުމަދު ޒިޔާ، ކުރީގެ ބަތަލާ ވަލީދާ ވަލީދު، ކުރިން ވެސް ބޯޑު މެމްބަރުންގެ ތެރޭގައި ހިމެނުނު އެކްޓަރު މުހައްމަދު މަނިކުގެ އިތުރުން އަލީ ޝާނީޒް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟
- 10 މާރޗް 2021ޚަބަރުއަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިމަރަފުށީގައި ހޭންޑްބޯލް މުބާރާތެއް
- 2 މާރޗް 2021ޚަބަރު“ފްލައިޓް” ގެ ޓްރެއިލާއިން ބެލުންތެރިން ހައިރާންކޮށްލައިފި