އަންނަ އަހަރު ފެބްރުއަރީ 04 ގައި އަޅުވަން ނިންމާފައިވާ ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފިލްމު “ގޮށްރާޅު”ގެ ތިން ޝޯވ ކޮންމެ ދުވަހަކުވެސް ދައްކާނެ ކަމަށް ޑާކްރެއިން އެންޓަޓެއިންމެންޓުން ބުނެފިއެވެ.
ޑާކްރެއިން އެންޓަޓެއިންމެންޓްން ބުނީ ޖެނުއަރީ 04 ން ފެށީގެން އޮލިމްޕަހުން ޓިކެޓް ގަންނަން ލިބޭނެ ކަމަށާއި އޮލިމްޕަސް ސިނަމާގައި ހަވީރު 04:00، ރޭގަނޑު 09:00 އަދި 11:00 ގައި ޝޯއެއް ދައްކާނެ ކަމަށެވެ.
ފިލްމްގެ އެއް ޕްރޮޑިއުސަރު މުހައްމަދު އަލީ މޮގާ ބުނީ ޓިކެޓް ވިއްކަން ހުންނާނީ އަންނަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 10:00 އަށް އޮލިމްޕަހުގައި ކަމަށެވެ. އަދި މި ފިލްމު ޓިކެޓެއްގެ އަގަކީ 100 ރުފިޔާ ކަމަށް މޮގާ ވަނީ ބުނެފައެވެ.
ގޮށްރާޅަކީ މުއުމިން ފުއާދުގެ ވާހަކައަކަށް އަހުމަދު ޝިނާން ޑައިރެކްޓްކުރާ ކުރައިމް ތްރީލާއެކެވެ. މި ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ މޮގާ އާއި އާއިޝަތު ފުވާދު ތައުފީޤެވެ.
ފިލްމުގެ ލީޑް ރޯލަކުން ފެނިގެންދާ ޖުމައްޔިލް ނިމާލް ގެ އިތުރުން މި ފިލްމުން ދެން ފެނިގެން ދާނީ މި ދާއިރާ އަށް އަލަށް ތަޢާރަފްވާ ހަސަން އިރުފާން (ޒަކިއްޓެ)، އާއި ޢައިޝަތު ތަސްނީމާއެވެ. މީގެ އިތުރުން އާމިނަތު ރަޝްފާ، ނުޒުހަތު ޝުޢައިބު (ނުޒޫ)، ޢަބްދުﷲ އަޒާން، ނާޝިތު މުޙައްމަދު އަދި ހަމްދާން ފާރޫޤްގެ އިތުރުން މަރިޔަމް ޝަކީލާ އާއި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ފެނިގެންދާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!