“އަމިއްލައެއް ނުވިއެއްނު. ކޮބާ ދިވެހި މިއުޒިކު ބޭންޑުތައް؟” މިއީ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ)ގެ ސުވާލެކެވެ. ސުވާލުކުރީ ރާއްޖޭގެ މަޝްހޫރު ރިޒޯޓެއްކަމަށްވާ ‘އަމިއްލަ ފުށި’ ރިޒޯޓްގައި ބިދޭސީ ފަންނާނުންތަކެއް މިއުޒިކު ކުޅޭ ވީޑިއޯ އަކާއިއެކު މީހަކު ކޮށްފައިވާ ޕޯސްޓަކަށެވެ.

 

ރާއްޖޭގައި މިހާތަނަށް ދުށް އެންމެ މޮޅު އެއް ލަވަކިޔުންތެރިޔާ ކުޑަ އިއްބެގެ ކަންބޮޑުވުން މިކަމުގައި ޖާއިޒެވެ. ‘އަމިއްލަ ފުށި’ ގެ ނަމުގައި އަމިއްލަވަންތަ ނަމެއް ކިޔައިގެން ރާއްޖޭގައި ހިންގަމުން އަންނަ ރިޒޯޓަކުން މިފަދަ މަންޒަރެއް ފެނުމުން ހަމަ ޙަޤީޤަތުގައިވެސް އެއްވެސް އަމިއްލަވަންތަ ކަމެއް ނެތެވެ. ނަމުގައި ‘އަމިއްލަ’ ޓެގް އަޅުވައިގެން ރަށަކަށް ކިޔޭނެ އެހާމެ ދިވެހިވަންތަ ނަމެއްގެ ބައެއް؛ ‘ފުށި’ ކިޔައިގެން އުޅުނަސް އަމިއްލަ ކަމެއް، އަމިއްލަ ގޮތެއް ނެތިއްޔާ އެކަމަށް ފާޑުކިޔޭނެ އެވެ.

 

ދިވެހިރާއްޖޭގައި ހުނަރުވެރި ދިވެހި ފަންނާނުން މަދެއް ނޫނެވެ. ރިޒޯޓް މިއުޒިކު ކުޅޭ ފަންނާނުންވެސް މަދެއް ނޫނެވެ. އެހެންކަމުން ބޭރުގެ ކަރަކަރައިން ދިވެހިރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އަންނަ މެހެމާނުންނަށް ދިވެހިންގެ ފަންނުވެރިކަން ދައްކައިލުން މާބޮޑަށްވެސް ‘އަމިއްލަ’ ނޫންތޯއެވެ.

އައު އަހަރު ފެށުމުގެ ގޮތުން ބޭއްވި ޝޯއެއްގެ ވީޑިއޯއެއް ކަމަށް ބެލެވޭ މި ވީޑިއޯގެ އިތުރުންވެސް އަމިއްލަ ފުށީގައި ބިދޭސީ ފަންނުވެރިން ބާއްވާފައި ޝޯވ ތަކުގެ ވީޑިއޯ ފެންނަން އެބަހުއްޓެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.