ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވިއްކަމުން އަންނަ މަތިންދާ ބޯޓަށް އަޅާ ތެލުގެ އަގު ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ހެޔޮކޮށްފިއެވެ.

 

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބައިނަލްއަޤްވާމީ އަދި ސަރަހައްދީ މަތިންދާބޯޓު ތަކަށް އަޅާ ޖެޓް ފިއުލްގެ އަގު ހެޔޮވާނެ ކަމަށެވެ. އިންޓަނޭޝަނަލް ބޯޓުތަކަށް އިއްޔެއިން ފެށިގެން ޖެޓް ފިއުލް ވިއްކާނީ ލިޓަރެއް 14 ރުފިޔާ އަށެވެ. އަދި ޑޮމެސްޓިކް ބޯޓުތަކަށް ޖެޓް ފިއުލް ވިއްކާނީ ލިޓަރެއް 14.1 ރުފިޔާއަށް ކަމަށް އެމްއޭސީއެލުން ބުނެއެވެ.

 

ޕަސެންޓުގެ ގޮތުން ބަލާއިރު އެއީ އިންޓަނޭޝަނަލް ބޯޓުތަކަށް 6.91 ޕަސެންޓް އަދި ޑޮމެސްޓިކް ބޯޓުތަކަށް 7.50 ޕަސެންޓުގެ ކުޑަވުމެއް ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ. 
ޖެޓް ފިއުލްގެ އަގު ހެޔޮކުރުމާއިއެކު މިހާރުވަނީ އެތެރޭގެ އުދުހުންތަކުގެ އަގު މިއަދު ހެޔޮކޮށްފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.