ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ހެޔޮކުރުމަށްފަހު އެއަގުތައް ހާމަކޮށްފި އެވެ. 

 

މޯލްޑިވިއަން އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިހާރު ދަތުރުކުރާ އަގުތަކުގެ 25 އިންސައްތައާއި 30 އިންސައްތައާ ދެމެދަށް ހެޔޮކޮށްފައި ވާކަމުގައެވެ. މީގެ އިތުރުން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަނޑައަޅާފައިވާ އަގުތަކަށް އަމަލު ކުރަން ފަށާނެކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

ސިއްސައިގެން ދާވަރުގެ ބަދަލުތަކެއް އަންނާނެ ކަމަށް ގިނަ ބަޔަކު އުންމީދުކޮށްގެން ތިބި ނަމަވެސް އައިލެންޑް އޭވިއޭޝަނުން މިހާރު ހާމަކޮށްފައިވާ އަގުތަކުގައި މާ ބޮޑު ފަރަގުތަކެއް ނޫޅޭކަން ފާހަގަކޮށްލެވެ އެވެ.

 

އައިލެންޑް އޭވިއޭޝަނުން އަގުތަކަށް ގެނައި ބަދަލުތައް:

މާލެ – ހަނިމާދޫ – މާލެ: 1،610 ރުފިޔާ އާއި 2،226 ރުފިޔާ އާ ދެމެދު

މާލެ – އިފުރު – މާލެ: 1،500 ރުފިޔާ އާއި 2،056 ރުފިޔާ އާ ދެމެދު

މާލެ – ދަރަވަންދޫ  – މާލެ: 1،098 ރުފިޔާ އާއި 1،562 ރުފިޔާ އާ ދެމެދު

މާލެ – ކުޑަހުވަދޫ  – މާލެ 1،500 ރުފިޔާ އާއި 2،056 ރުފިޔާ އާ ދެމެދު

މާލެ – ތިމަރަފުށި – މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާ އާ ދެމެދު

މާލެ – ކައްދޫ – މާލެ: 1،610 ރުފިޔާ އާއި 2،226 ރުފިޔާ އާ ދެމެދު

މާލެ – ކުއްޑޫ – މާލެ؛ 1،652 ރުފިޔާ އާއި 2،442 ރުފިޔާ އާ ދެމެދު

މާލެ – ކާޑެއްދޫ – މާލެ: 1،652 ރުފިޔާ އާއި 2،442 ރުފިޔާ އާ ދެމެދު

މާލެ – ފުވައްމުލައް – މާލެ: 1،698 ރުފިޔާ އާއި 2،598 ރުފިޔާ އާ ދެމެދު

މާލެ – ގަން – މާލެ: 1،698 ރުފިޔާ އާއި 2،666 ރުފިޔާ އާ ދެމެދު

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.