މަޝްހޫރު ފިލްމީތަރި، ސްކްރީން ރައިޓަރ އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އާ ފިލްމު “ނަފްރަތުވުމުން”ގެ ޝޫޓިން ނިމިއްޖެ އެވެ.

 

ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނީ ފިލްމުގެ ޝޫޓިން ނިންމާލަން ގަސްތުކުރި ތާރީޚަށް ޝޫޓްކޮށް ނިންމާލެވުނު ކަމަށާއި މަސައްކަތާއިމެދު ހިތްހަމަޖެހޭ ކަމަށެވެ.

 

މުނިއަވަސް އާ ވާހަކަދައްކަމުން މިއަދު ޔޫއްޕެ ބުނީ މިއީ އަނެއްކާވެސް ޔޫއްޕެ ތައްޔާރުކުރާ ސަތޭކަ ޕަސެންޓް ލޯބީގެ ފިލްމެއް ކަމަށެވެ. މީގެ އިތުރުން މި ފިލްމުން އަހަރެމެންގެ މުޖުތަމަޢުގައި ހިނގާ މުހިންމު ކަމަކަށް އަލިއަޅުވާލާފައި ވާނެކަމަށްވެސް ޔޫއްޕެ ބުންޏެވެ. 

 

“ދެމަފިރިންގެ ދެމެދުގަ އާއްމުކޮށް ހިނގާ، މީހުންނަށް ފޮރުވިފައި ހުންނަ ކުދިކުދި ކަންތައްތަކެއްގެ ސަބަބުންވެސް އެބަހުރި ދެމަފިރިން ވަކިވާން ޖެހިފަ. މި ފިލްމުން އަލިއަޅުވާލާފައިވާނީ އެފަދަ ކަމަކަށް.”

 

“ނަފްރަތުވުމުން”ގެ ޝޫޓިން ނިންމާލިއިރު ދެ ލަވައެއް ޝޫޓްކޮށް ނުނިމޭކަމަށާއި އެ ލަވަތައް ކިއިރި މުސްތަގްބަލެއްގައި ޝޫޓްކުރާނެ ކަމަށް ޔޫއްޕެ ބުންޏެވެ.

 

ނަފްރަތުވުމުން ގެ އަންހެން ލީޑުން ފެނިގެންދާއިރު ފިރިހެން ލީޑް ކުޅެނީ ދޮންއައްޔަ

 

“ނަފްރަތުވުމުން” ފިލްމާއިއެކު “ދަޢުވަތު” ގެ ނަމުގައިވެސް ފިލްމެއްގެ މަސަކްތް ޔޫއްޕެ ގެންދަނީ ކުރަމުންނެވެ. އެ ފިލްމުގެ 90 އިންސައްތަ ޝޫޓްކޮށް ނިމިފައިވާކަމަށް ޔޫއްޕެ ބުންޏެވެ. މި ދެ ފިލްމުގެ ތެރެއިން ސްކްރީނަށް ފުރަތަމަ ގެންނަން ވިސްނާފައިވަނީ، ” ނަފްރަތުވުމުން” ކަމަށާއި މިއަހަރުގެ މާރިޗް ހިސާބުގައި ފިލްމު ބެލުންތެރިންނަށް ގެނެސްދެވޭވަރު ވާނެކަމަށް ބެލެވޭކަމަށް ޔޫއްޕެ ބުންޏެވެ.

ނަފްރަތުވުމުން ގެ މުހިންމު ރޯލަކުން އަޙްމަދު އީސަ ފެންނާނެ

“ދައުވަތު” އާއި “ނަފްރަތުވުމުން” ޝޫޓްކޮށްފައިވަނީ ބ. ދަރަވަންދޫގައެވެ. މި ދެ ފިލްމުގެ ވެސް ލީޑު ރޯލުން ފެންނާނީ އަލީ އާޒިމް (ދޮން އައްޔަ) މަރިޔަމް އައްޒަ އެވެ. މީގެ އިތުރުން “ނަފްރަތުވުމުން”ގެ މުހިއްމު ރޯލަކުން އަހުމަދު އީސަ(އާނަންދު) ފެންނާނެ ކަމަށް ޔޫއްޕެ ބުނާއިރު ޔޫއްޕެ ވެސް މި ފިލްމުން ފެނިގެންދާނެ އެވެ. “ދައުވަތު”ގެ މުހިއްމު ރޯލަކުން އިރްފާނާ އިބްރާހީމް(އިރޫ) ވެސް ފެންނާނެ އެވެ.

 

ނަފްރަތުވުމުން ގައި ޔޫއްޕެ ވެސް ފެނިގެންދާނެ

 

ޔޫއްޕެގެ ޑައިރެކްޝަން އެއް ދެން އެންމެ އަވަހަށް ފެނިގެންދާނީ މި އަހަރުގެ ފެބްރުއަރީ 27 ގައި ރިލީޒްކުރާ ‘ފޯޓީ ޕްލަސް’ އިން ކަމަށް ބެލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.