މިއީ ހަނދުގެ ދުރުފަރާތުގައި ޖެއްސި ފުރަތަމަ އުޅަނދު
ފުރަތަމަ ފަހަރަށް ދުނިޔެއާއި ހަނދުގެ ދުރުފަރާތުގައި ޖައްވީ އުޅަނދެއް ޖައްސައިފި އެވެ. ޖައްވަށް ކުރާ ދަތުރުތަކުގެ ތާރީޚްގެ ތެރެއަށް މިކަން ކޮށްގެން ވަދެފައިވަނީ ޗައިނާއިންނެވެ.
ހަނދުގެ އެންމެ ދުރު ފަރާތަށް ފުރަތަމަ ފަހަރަށް ރޮބަޓިކް ލޭންޑިން ކްރާފްޓެއް ޖައްސައިފައިވަނީ ބެއިޖިންގެ ގަޑިން އިއްޔެ ހެނދުނު 10.26 ގައެވެ. ރޮބަޓިކް ލޭންޑިން ކްރާފްޓް ޖެއްސީ ހަނދުގެ ދެކުނު ތަނޑީގައި ކަމަށް ޗައިނާއިން ބުނެއެވެ. މިއުޅަނދުން ހަނދުގައި ޖެއްސި ފަޅީގެ ޖިއޮލޮޖީއާއި ބަޔޮލޮޖިކަލް ތަހްލީލުތައް ހެދޭނެ އާލާތްތައް ހަރުކުރެވިފައިވެއެވެ.
ޗައިނާ ސަރުކާރުން ހިންގަމުން އަންނަ ސީޖީޓީއެން މީޑިއާއިން ބުނީ މިއީ ޖައްވީ ހޯދުންތައް ހޯދުމުގައި އެޅުނު ބިޔަ ފިޔަވަޅެއް ކަމަށެވެ. މީގެ ކުރިން ޗައިނާގެ ޖައްވީ އުޅަނދެއް ހަނދުގެ ދުނިޔެއާއި ވީ ފަޅީގައި ޖައްސައި ހޯދުންތަކެއް ހޯދާފައި ވެއެވެ.
ޗައިނާގެ ޤައުމީ ޖައްވީ އިދާރާ، ޗައިނާ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއެންއެސްއޭ) ގެ ރޮބަޓިކް ލޭންޑިން ކްރާފްޓް ޗެންގީ 4 ޖެއްސީ ހަނދުގެ ދެކުނު ތަނޑި-އެޓްކެން ގައެވެ. މިއީ ހަނދުގެ ސަތަހައިގައި އުފެދިފައިވާ އެންމެ ބޮޑު، އެންމެ ދުވަސްވީ، އެންމެ ފުން އަޑިގަނޑު ހިމެނޭ ސަރަހައްދެވެ.
ނާސާގެ އެޑްމިނިސްޓްރޭޓަރ ޖިމް ބްރިންޑެސްޓިން މިކަން ސިފަކުރަނީ މިއީ ލިބުނު ހައިރާންކުރުވަނިވި ކާމިޔާބީއެއް ކަމަށެވެ.
އޮސްޓްރޭލިއާގެ ޖައްވީ އޭޖެންސީން ބުނީ “މިކަމުގައި އެއްޗެއް ބުނަން ބޭނުންނުވާ ކަމަށާއި ޗައިނާއިން ކުރި ކާމިޔާބު ދަތުރަށް މަރުހަބާ ކިޔާކަމަށާއި ހެޔޮގޮތް އެދޭ” ކަމަށެވެ.
Congratulations to China’s Chang’e-4 team for what appears to be a successful landing on the far side of the Moon. This is a first for humanity and an impressive accomplishment! pic.twitter.com/JfcBVsjRC8
— Jim Bridenstine (@JimBridenstine) January 3, 2019
ޖައްވީ ހޯދުންތަކުގެ ރޭހުގައި ޗައިނާއިން މަސައްކަތް ފެށީ ވަރަށް ފަހުންނެވެ. ޗައިނާގެ އެސްޓްރޮނޮޓަކު އޯބިޓަށް ފޮނުވާފައިވަނީ 2003 ވަނަ އަހަރުއެވެ. މިއީ އެމެރިކާއާއި ރަޝިޔާއަށްފަހު ޖައްވީ ހޯދުންތަކުގައި ޖައްވަށް މީހަކު ފޮނުވި ފުރަތަމަ ގައުމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!