އަންނަ ފެބްރުއަރީ މަހު ހަތަރެއްގައި ރިލީޒްކުރުމަށް ނިންމާފައިވާ ޑާކް ރެއިން އެންޓަޓެއިންމަންޓްގެ “ގޮށްރާޅު” ފިލްމުގެ ލަވަ “ރާޅެއް ހެން” ލަވަފޮށި އަދި ސައުންޑްކްލައުޑަށް ރިލީޒްކޮށްފި އެވެ.
މުނިއަވަސް އަށް މަޢުލޫމާތު ދެމުން “ގޮށްރާޅު” ފިލްމުގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ބުނީ “ރާޅެއް ހެން” މި ލަވައަކީ ފިލްމުގައި ހިމެނޭ ލަވައެއް ކަމަށެވެ.
“ލަވައިގެ ރާގު، މިއުޒިކާއި ލިރިކްސް ހަދާފައިވަނީ އައްފާން. ލަވަ ކިޔާފައިވަނީވެސް އައްފާން.” މުނިއަވަސް އަށް މޮގާ ބުންޏެވެ.
މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ވެސް ދެ ފަހަރު ކޮށްފައިވާ ކުޅަދާނަ މިއުޒީޗަން އައްފާނު ކިޔާފައިވާ ‘ރާޅެއް ހެން’ އަކީ އަޑުއަހައިލަން ހިތްގައިމު ލަވައެއްކަން ފާހަގަކޮށްލެވެއެވެ.
މޮގާ އިތުރަށް ބުނީ މިއަދުން ފެށިގެން ފިލްމުގެ ޓިކެޓް ވިއްކަންފަށާފައިވާކަމަށެވެ. ރަށްރަށުންވެސް ފިލްމު އެޅުވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހޮޓްލައިން ނަންބަރު 9911229 އަށް ގުޅުއްވައިގެން ރަށްރަށުގައި ފިލްމު ދެއްކުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް މޮގާ ބުންޏެވެ.
“ގޮށްރާޅު” ފިލްމަކީ ‘ފޯފޯ ޓޫސިކްސް’ ފިލްމުގެ އެއް ޑައިރެކްޓަރ އަދި ސްޕެޝަލް އިފެކްސްޓް އާއި ކެމެރާ ފަދަ މަސައްކަތްތަކުން ނަން ވިދާލާފައިވާ އަހުމަދު ޝިނާން ޑައިރެކްޓް ކުރާ ފިލްމެކެވެ. މޫމިންގެ ސްކްރީންޕްލޭއަކަށް ހަދާ ކްރައިމް ތުރިލާއެކެވެ.
“ގޮށްރާޅު” ގެ ކާސްޓުންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލު، އިސްމާއީލް (ކޮޕީ އިއްސެ) ރަޝީދު، މަރިޔަމް ޝަކީލާ، ނުޒުހަތު (ނުޒޫ) ޝުއައިބް، ހަމްދާން ފާރޫގް، އަލަށް ތައާރަފުވާ ހަސަން (ޒަކިއްޓެ) އިރްފާން، އައިޝަތު ތަސްނީމާ، އައިމިނަތު ރަޝްފާ އަދި އަބްދުﷲ އަޒާން ފަދަ އެކްޓަރުން ހިމެނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!