ނިޢުމާ މުޙައްމަދުގެ ވަދާޢީ ފިލްމު “ނިވައިރޯޅި” ޕްރިމިއަރ ޝޯއިން ދެ ސަޕްރައިޒް އެއް ފެނިގެން ދިޔައެވެ. އެއީ ނިޢުމާގެ ވެބްސައިޓް ލޯންޗިންގ އާއި ނިޢުމާ އަދި ނިޢުމާގެ ދަރިފުޅު ޒޯޔާ ގެ ނަމުގައި ހަދާފައިވާ ފިލްމު އުފައްދާ ޕްރޮޑަކްޝަން ހައުސް ‘ނިއުޒޯ ފިލްމްސް’ އިން ގެނެސްދޭ އައު ފިލްމަކީ ރަވީގެ ފިލްމު “ގޯނާ” ކަން އެނގިގެން ދިއުމެވެ.

 

ދެހާސް ސަތާރަ ވަނަ އަހަރު ފިލްމު “ވިޝްކާ” ގެނެސް ދިން ޑައިރެކްޓަރު ރަވީގެ ފިލްމެއް އިޢުލާނުކޮށްފައިވާއިރު ފިލްމުގެ އަލަތު ދައްކައިލުމެއް ވަނީ “ނިވައިރޯޅި” ޕްރިމިއަރގެ ތެރެއިން ފެނިގެން ގޮސްފައެވެ.

 

“ގޯނާ” ލޯންޗް ކުރި ނަމަވެސް ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

 

“ވިޝްކާ” ގެ އިތުރުން ރަވީ ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި “އިނގިލި”، “މިކޮއެ ބައްޕަ ބައޭބައޭ” އަދި “މި ހަށިން ފުރާނަ ދަންދެން” ހިމެނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.