މޯލްޑިވިއަން އައިޑަލް ދެވަނަ ސީޒަންގެ ރަނަރަޕް، ޝަމްވީލް މުހައްމަދު ނުވަތަ އެންމެންގެ (ބަރޯ)ގެ ފުރަތަމަ އޮރިޖިނަލް ލަވަ “އޮޑިދީލާ”، ‘ލަވަފޮށި’ މެދުވެރިކޮށް އިއްޔެ ނެރެފިއެވެ.
“އޮޑިދީލާ” އަކީ ޝަމްވީލްގެ އަމިއްލަ ރާގެކެވެ. ޅެން ހަދާފައިވަނީ ނައުފަލް އެވެ. މަސްވެރިކަން ކުރަން ނޭނގޭ މީހަކު ކަނޑުމައްޗަށް ނިކުތުމުން ދިމާވާ ގޮންޖެހުންތައް ލަވައިގައި ކިޔައިދެ އެވެ. ކަނޑުމައްޗަކީ ކިހާ ވަރެއްގެ ތަނެއްކަންވެސް ކިޔައިދެ އެވެ.
ޝަމްވީލް ބުނީ މިހައިތަނަށް ތިން ލަވަ ނިންމާލެވިފައިވާ “ސޮރު” އަލްބަމް އެއްކޮށް ނިންމާލައި ގެނެސްދިނުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އޭނާގެ ވިސްނުން ހުރީވެސް އަލްބަމް އެއްކޮށް ނިންމައި ނެރުމުގެ ބަދަލުގައި ފަހަރަކު ލަވައެއް ނެރެމުންގޮސް އަލްބަމް އެއްކޮށް ގެނެސްދިނުމަށެވެ.
Here’s my first original song from debut album #Soru
Melody – Odidheela ~ Shamveel
Lyrics: Naufal
Bass: Inaan
Lead : Ziya
Drums: Mannu
Boduberu: Jai
Mixing & Mastering: Mirah Ally
Music Producer: Hussain#NewMusic on #Lavafoshi
https://t.co/Sr6QSaEHJY pic.twitter.com/23X1JjWKEd
— Shamveel (@shamveelmohamed) January 10, 2019
ޝަމްވީލް ވަނީ މީގެ ކުރިންވެސް ލަަވައެއް ނެރެފަ އެވެ. މިދިޔަ އަހަރު ނެރުނީ ކުޑަކުދިންނަށް ޚާއްްސަ ލަވަ އެެކެވެ. މި އަހަރު ފަށާފައި އެއޮތީ އަމިއްލަ އަލްބަމަަކުންނެވެ. ވަރަށް ހިތްގައިމު އަމިއްލަ ރާގުގެ ‘އޮޑިދީލާ’ އަޑު އަހައިލަން ވަރަށް ހިތްގައިމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟
- 10 މާރޗް 2021ޚަބަރުއަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިމަރަފުށީގައި ހޭންޑްބޯލް މުބާރާތެއް
- 2 މާރޗް 2021ޚަބަރު“ފްލައިޓް” ގެ ޓްރެއިލާއިން ބެލުންތެރިން ހައިރާންކޮށްލައިފި