ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ފްރޮގްރާމް 14720 ދަރިވަރުންނަށް ފަށަފައިފިއެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު ހެނދުނު އަމީނިއްޔާ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއް ގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ.

 

ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމުން ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވީ ދުވަހަކު ވެސް ތައުލީމަށް ހަރަދު ނުކުރާ މިންވަރަށް ސަރުކާރުން ތައުލީމަށް ހޭދަ ކުރައްވާނެ ކަމަށެވެ.

 

މި ޕްރޮގްރާމް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ 25 ސްކޫލެއްގައެވެ. ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ޔުނިސެފްގެ އެހީއާއެކު މިނިސްޓްރީން ވަނީ ނާސްތާއަށް 10 މެނޫއެއް ވެސް ތައްޔާރުކޮށްފަ އެވެ. އޭގެ ތެރޭގައި ރޮއްޓާއި ބިސްގަނޑާއި ކިރާއި މަސްހުންޏާއި ސޭންޑްވި ފަދަ ތަކެތި ހިމެނެއެވެ. ދަރިވަރުންނަށް މީގެތެރެއިން ތިން މޭނޫއެއް ކޮންމެ ދުވަަކުވެސް އޮންނާނެއެވެ. ނާސްތާ ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނުގެ ދަންފަޅީގައި ކިޔަވާ ދަރިވަރުންނަން އެކަންޏެވެ.

 

މިއަދު ރާއްޖޭގެ 25 ސްކޫލެއްގައި ދަރިވަރުންނަށް ނާސްތާ ދޭން ފެށިނަަމަވެސް ދެވަނަ ސެމެސްޓާ އިން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދަރިވަރުންނަށް ދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ.

 

އާ ދިރާސީ އަހަރާއި އެކު ހެދުނުގެ ނާސްތާ ދޭން ފެށި ސްކޫލްތައް:

– މަޖީދިއްޔާ ސްކޫލް

– އަމީނިއްޔާ ސްކޫލް

– އިސްކަންދަރު ސްކޫލް

– ހުރަވީ ސްކޫލް

– މުހްޔިއްދީން ސްކޫލް

– ޝަހީދު އަލީ ތަކުރުފާން ސްކޫލް ( ހއ ތުރާކުނު)

– ހދ. ނޭކުރެންދޫ ސްކޫލް

– ށ. މިލަންދޫ ސްކޫލް

– ނ. މާފަރު ސްކޫލް

– ރ. ރަސްމާދޫ ސްކޫލް

– ބ. އަތޮޅު ތައުލީމީ މަރުކަޒު (އޭދަފުށި)

– ޅ. އަތޮޅު މަދަރުސާ (ކުރެންދޫ)

– ކ. އަތޮޅު ތައުލީމީ މަރުކަޒު (ތުލުސްދޫ)

– އއ. މާޅޮހު ސްކޫލް

– ވ. ފުލިދޫ ސްކޫލް

– މ. ނާލާފުށި ސްކޫލް

– ފ. އަތޮޅު ތައުލީމީ މަރުކަޒު (ނިލަންދޫ)

– ދ. އަތޮޅު މަދަރުސާ (މީދޫ)

– ތ. ބުރުނި ސްކޫލް

– ލ. އިިސްދޫ ސްކޫލް (އިސްދޫ)

– ގއ. ދާންދޫ ސްކޫލް

– ގދ. އަތޮޅު ތައުލީމީ މަރުކަޒު (ގދ. ތިނަދޫ)

– ޏ. އަތޮޅު ތައުލީމީ މަރުކަޒު

– ޝަރަފުއްދީން ސްކޫލް (ސ. ހިތަދޫ)

 

ޔުނިސެފްގެ އެހީއާ އެކު މިނިސްޓްރީން ވަނީ ނާސްތާއަށް 10 މެނޫއެއް ވެސް ތައްޔާރުކޮށްފަ އެވެ. އޭގެ ތެރޭގައި ރޮއްޓާއި ބިސްގަނޑާއި ކިރާއި ތަރުކާރީ މަސްހުންޏާއި ބަރަބޯ މަސްހުންޏާއި ސޭންޑްވިޗް ފަދަ ތަކެތި ހިމެނެ އެވެ. ދަރިވަރުންނަށް ކޮންމެ ދުވަހަކު ވެސް އޭގެ ތެރެއިން ތިން މެނޫއެއް އޮންނާނެ އެވެ.

 

ތަޖުރިބާ ކުރުމުގެ ޕްރޮގްރާމެއްގެ ގޮތުގައި ނާސްތާ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު އަމީނިއްޔާ ސްކޫލުގައެވެ.

 

ކަވަރ ފޮޓޯ: ރައީސް އޮފީސް

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.