ސިމްބޮލިކް ރެކޯޑްސް އިން ޅެންވެރިންގެ ދުވަހުގެ ތަހުނިޔާ ކިއީ ތަފާތު ސްޓައިލެއްގައި

ސިމްބޮލިކް ރެކޯޑްސް އިން ޅެންވެރިންގެ ދުވަހުގެ ތަހުނިޔާ ކިއީ ތަފާތު ސްޓައިލެއްގައެވެ. ކިތަންމެ ފާޑުކިޔުމެއް ލިބުނަސް ޅެންވެރިކަމަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެކަމަށް ބުނަމުންނެވެ.

 

ސިމްބޮލިކް ރެކޯޑްސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ “ޅެންވެރިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ޅެންވެރިންނަށް އަރިސްކުރަން. ދިވެހި ޅެންވެރިކަމަށް އިންގިލާބީ ބަދަލުތަކެެއް ގެނައުމަކީ އަޅުގަނޑުމެންގެ އަމާޒެއް. ފާޑު ކިއުންތަކާ އެކުވެސް، އެމަސައްކަތުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަރުވަން.”

 

 

އިންޑިޔާގެ ތަރިކަ އާއި ސަގާފަތާއި ފަންނުވެރިކަމާބެހޭ ޓީމުން އެންސީއޭ އާއި ބައްދަލުކުރުން

ތަރިކަ އާއި ސަގާފަތާއި ފަންނުވެރިކަމުގެ ދާއިރާއިން ރާއްޖެ ވަޑައިގެންނެވި ޓީމުން ނޭޝަނަލް ސެންޓަ ފޮ ދި އާޓްސްގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައި ދާއިރާތަކުން ވެދެވޭނެ އެހީތެރިކަމާއި އެއްބާރުލުމާއިމެދު މަޝްވަރާ ކުރެވިގެން ދިޔައީ ނުވައެއް ޖެނުއަރީ ގައެވެ.

 

ކުރު ފިލްމު “ސޯލް” ގައި ބައިވެރިވާ ބޭރުގެ ތަރިންނާ ހެރިޓޭޖްގެ ނައިބު ވަލީދާ ބައްދަލުކުރެއްވުން

ޑެޕިއުޓީ މިނިސްޓަރ ވަލީދާ އާއި އަމިލަ ކަރޫނަނަޔަކަ އަދި ނިޕްނިީ ވިލްސަން އާއި ސީޒަން

ބައިސްކޯފް އިން ޕޮރޮޑިއުސްކޮށް ސީޒަން ޑައިރެކްޓް ކުރާ ފިލްމް ސޯލް ކުޅުމަށް ރާއްޖެއިން ބޭރުން ވަޑައިގެންނެވި ތަރިންނާ ޑެޕިއުޓީ މިނިސްޓަރ ވަލީދާ ބައްދަލުކުރައްވާ ފިލްމު ރާއްޖޭގައި ނެގުމުގެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

 

މިހާރު ޝޫޓިން ނިމިފައިވާ “ސޯލް” ގައި ސްރީލަންކާގެ ފެޝަން ޑިޒައިނަރ، ޓޮޕް މޮޑެލް އަދި ފިލްމީ ފަންނާނެއްކަމަށްވާ އަމިލާ ކަރޫނާނަޔަކަ އާއި ސްރީލަންކާގެ މޮޑެލް ހަރަކާތްތެރިވެއެވެ. މީގެ އިތުރުން އެކްޓްރެސް އަދި ޓީވީ ޕްރެސެންޓަރ ނިޕްނިީ ވިލްސަން (ނިކީމިކީ) ހަރަކާތްތެރިވެއެވެ. ނިޕްނީ ވިލްސަން އަކީ ‘ދެރަނަ ސިޓީ އޮފް ޑާންސް ސީސަން ދޭއް‘ ގައި މޮޅު ނެށުންތަކެއް ހުށައަޅައިދީފައިވާ ހުނަރުވެރި ނެށުންތެރިއެކެވެ.

 

ހެރިޓޭޖްގެ ނައިބު ވަލީދާ ފިލްމީ ތަރިންނާއި ބައްދަލުކުރެއްވުން

ފިލްމީ ދާއިރާގެ ކުރިމަގާއި ގުޅޭގޮތުން ނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ނައިބު ވަލީދާ ވަލީދު ފިލްމީ ދާއިރާގެ ފަންނާނުންނާއި ބައްދަލުކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެއްޖެ އެވެ.

 

މިގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުވެސް ފިލްމީ ދާއިރާގެ ފުންނާބު އުސް ބައެއް ފަންނާނުންނާއި ވަލީދާ ބައްދަލުކުރެއްވި އެވެ. މި ބައްދަލުވުމުގައި މަޝްހޫރު އެކްޓަރ، ސްކްރީން ރައިޓަރ އަދި އެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ)، މުޙައްމަދު މަނިކް، ކުޅަދާނަ ޑައިރެކްޓަރ އަމްޖަދު އިބްރާހިމް (އަމްޖޭ) ބައިވެރިވެލެއްވި އެވެ.

 

އޮލިމްޕިއަންސްގެ ކުރިމަގު

ރާއްޖެގެ މަޝްހޫރު މިއުސިކް ބޭންޑެއް ކަމަށްވާ އޮލިމްޕިއަންސްގެ ކުރިމަގާ ގުޅޭ ގޮތުން ސްޓޭޓް މިނިސްޓަރު ތާރިޤް އެ ބޭންޑްގެ ބައެއް ބައިވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުމުގައި ބޭންޑްގެ އެންމެ ދުވަސްވީ ތިން ފިރިހެން ފަންނާނުން ބައިވެރިވެލެއްވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.