މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރގެ ކަލްޗަރަލް ޑިވެލޮޕްމަންޓް ފަންޑާއި އިޖީޕްޝަން އެނިމޭޝަން ސަޮސައިޓީން އިންތިޒާމްކޮށްގެން ބާއްވާ 12 ވަނަ ކައިރޯ އިންޓަރނޭޝަނަލް އެނިމޭޝަން ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
ނޭޝަނަލް ސެންޓަ ފޮ ދި އާޓްސް އިން ބުނީ އަންނަ ފެބްރުއަރީމަހުގެ 21 ން 28 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 12 ވަނަ ކައިރޯ އިންޓަރނޭޝަނަލް އެނިމޭޝަން ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެ އަށް ލިބިފައިވާކަމަށެވެ.
އެންސީއޭ އިން ބުނީ މިފޯރަމްގައި ބައިވެރިކުރެވެނީ 2017 ން 2018 ށް ނެރެފައިވާ އެނިމޭޝަންތައް ކަމަށެވެ. މިގޮތުން ހުށަހަޅާ އެނިމޭޝަނަކީ އެއް މިނެޓަށްވުރެ ކުރު އެނިމޭޝަނަކަށް ވެގެން ނުވާނެ ކަމަށެވެ.
މިފޯރަމްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 24 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެންސީއޭ އަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް އެތަނުން އެދިލައްވައެވެ.
މީގެ އިތުރުން މިފޯރަމްއާއިބެހޭ މަޢުލޫމާތު ކަރުދާސް އަދި އެޕްލިކޭޝަން ފޯމް އިޢުލާނާއި އެކު ހިމަނާފައިވާނެ ކަމަށްވެސް ބުނެއެވެ. މީގެ އިތުރުން ނޭޝަނަލް ސެންޓަ ފޮ ދި އާޓްސްގެ ވެބްސައިޓް www.nca.gov.mv އިންވެސް ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށްވެސް އެތަނުން ބުނެއެވެ.
މި ފޯރަމްއާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެންސީއޭގެ ފޯނު ނަންބަރު 3344667 އަށް ގުޅުއްވުމަށްވެސް އެންސީއޭ އިން އެދެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!
- 4 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޕޯސްޓަރާއި ބައެއް ލަވަތައް ނެރުމަށް އާއްމުކޮށް ހުޅުވާލައިގެން ބޮޑު އިވެންޓެއް!
- 30 މާރޗް 2025ޚަބަރު“ސޮރީ” ފިލްމުގެ ލަވައެއްގެ ޝޫޓިންއަށް ގިނަ ޢަދަދެއްގެ ކުޑަކުދިން ބޭނުންވެއްޖެ
- 30 މާރޗް 2025ރިޕޯޓްމެލަސްމާ އަކީ ކޮބާ؟