“ޑްރެގަން ޓެއިލް ބަޓަފްލައި” ނުވަތަ ނަމުން ދޭހަވާގޮތަށް ޑްރެގަން އެއްގެ ނިގުލަކާއި ވައްތަރުގެ ނިގުލެއް ހުންނަ ކޮކާލަކީ އޭޝިއާގެ ޤައުމުތަކުން ފެންނަ ވަރަށް ކުޑަކުޑަ ކޮކާލެކެވެ. މިހައި ނަލަނަލަ ކޮކާލެއް މީގެ ކުރިން ދުވަހަކުވެސް ނުދެކެމެވެ. މި ކޮކާ ތަކުގެ ވީޑިއޯއެއް މިހާރު މިވަނީ އާއްމުވެފައެވެ.
ސޫތްޕަށް ފޯރިއެއް ހުންނަ ކަޒުއޯ އުންނޯ ނަގާފައިވާ ވީޑިއޯއަކީ އޭނާ ތައިލެންޑްގެ އުތުރު ސަރަހައްދުތަކަށް ކުރި ދަތުރެއްގައި ނަގާފއިވާ ވީޑިއޯއެކެވެ. “ޑްރެގަން ޓެއިލް ބަޓަފްލައި” ނުވަތަ ސައިންޓިފިކް ނަމުންނަމަ ‘ލެމްޕްރޮޕްޓެރާ މެގެސް’ އަކީ ޕަޕިލިއޯނިޑްސް ގެ ނަމުން ނަންދީފައިވާ ސޫފި ގްރޫޕްގައި ހިމެނޭ އެންމެ ކުދިކުދި ސޫތްޕެވެ.
މި ސޮރުމެން ކެއުމަށް ތިރިކޮށްލާއިރު، އޭގެ ނިގުލެއްހެން އިންނަ ފިޔަގަނޑު ތަޅުވަމުން ގެންދާގޮތް ބަލައި ފޫހިނުވާހާ ހިތްގައިމެވެ. ދިގު ނިގޫ ބޭނުންކުރަނީ ހުންގާނެއްގެ ގޮތުގައެވެ.
These are real, actual butterflies. The green dragontail butterfly (Lamproptera meges) is one of the smallest species of swallowtail butterfly and one of the very few species with wing transparency.
Footage by Kazuo Unno, insect aficionado extraordinaire and photographer. pic.twitter.com/E9Ugf5IkAj
— Center for Bio Div (@CenterForBioDiv) January 16, 2019
މައިގަނޑު ކެއުމެއްގެ ގޮތުގައި ބޭނުންކުރަނީ ފެނެވެ. ފެން ބުއިމުން ފެނުގެ ތެރޭގައި ހުންނަ މައުދަނުން އެސޮރުމެންނަށް ކާނާގެ ބައިތައް ލިއްބައިދެއެވެ. ފެނުގައި ހުންނަ މަދުދަނުގެ ބައިތައް ބޭނުންކުރުމަށްފަހު، ފެންތައް ބޭރުކޮށްލަނީ ކުޑަކަމު ގޮސްގެންނެވެ. އެހެންކަމުން މިއީ ވަރަށް ގިނައިން ފެންބޯ އަދި އެހާމެ ގިނައިން ކުޑަކަމުދާ ސޫތްޕެކެވެ.
މ ސޮރުމެން ބިސްއަޅަނީ އެހައި ބޮޑަށް ވަޔާ ނުހެލުވޭ ގޮތަށް ހުންނަ ގަސްގަހުގެ ފަތް ފަތަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 9 ނޮވެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ގެ ޓިކެޓް ވިއްކަން ފަށައިފި
- 8 ނޮވެމްބަރ 2024ޚަބަރުހިލްމީގެ “ލަމްހާ” ގެ ނަން އާއްމުކޮށްފި
- 6 ނޮވެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ޓްރެއިލާއިން އެހެން ޝަރަފެއް
- 1 ނޮވެމްބަރ 2024ޚަބަރުނޫމާއަށް އެކްޓްކުރަން އެންމެ ފަސޭހައީ ކާކާ އެކުގައިބާ؟