ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ މަސައްކަތް

ކަޅުވަކަރު މިސްކިތުގެ ހިރިގަލުގެ ބައިތައަ މަރާމާތުކޮށް، ދޭންޖެހޭ ފަރުވާ ދިނުމަށްފަހު މިސްކިތް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ރައްކާތެރިކޮށް ގެންދިއުމަށް ފޮށިތަކުގައި ބަންދުކުރުމުގެ މަސައްކަތް ކުރަން ފަށާފައި ވާކަމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ހާމަކުރައްވައިފިއެވެ.

 

އެ މިނިސްޓްރީން މިކަން ހާމަކުރެއްވީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ.

 

1921 ވަނަ އަހަރު މާލޭގެ ޗާޓް

މާލޭގެ ޗާޓު ތަކުގެ ތެރެއިން 1921 ވަނަ އަހަރުގެ މާލޭ ޗާޓު ދައްކާލައިފިއެވެ. ޤައުމީ އަރުޝީފުން ކުރައްވާފައިވާ ޓްވީޓެއްގައި 1921 ވަނަ އަހަރުގައި މާލެ އޮތްގޮށް ދައްކުވައިދޭ ޗާޓެއް އާއްމުކުރައްވާފައި ވެއެވެ. އާއްމުކުރައްވާފައިވަނީ ޗާޓުގެ އަސްލުން ނަގާފައިވާ ފޮޓޯއެކެވެ.

ޤައުމީ އަރުޝީފުން ވިދާޅުވަނީ މިއީ ދިވެހި މޭސްތިރިން ކުރައްވާފައިވާ އަގުހުރި މަސައްކަތެއް ކަމަށެވެ.

“އެޗްސީޕީ ބެލްގެ ޗާޓު 1922 ގެ ގޮތުގައި އާއްމުވެފައިވާ، މާލޭގެ ޗާޓަކީ މި ޗާޓުގެ ނަކަލެއް!!” ޤައުމީ އަރުޝީފުގެ ޓްވީޓުގައި ފާހަގަކުރައްވާފައި ވެއެވެ.

 

މާލޭގެ ބޮޑުގަނޑުވަރުގައި ބޭނުންކުރެވުނު ރާޒުވާ ގޮނޑި

ޤައުމީ ދާރުލް އާސާރުން އިއްޔެ އާއްމުކުރައްވާފައިވާ ޓްވީޓަކީ ފާހަގަކޮށްލެވޭ ޓްވީޓެކެވެ. އެ ޓްވީޓުން ވަނީ މާލޭގެ ބޮޑު ގަނޑުވަރުގައި ބޭނުންކުރެވުނު ރާޒުވާ ގޮނޑި ދައްކާލާފައެވެ. ދާރުލް އާސާރުން ބުނީ މިރާޒުވާ ގޮނޑީގެ ކުޅިބައި ހަދާފައިވަނީ ބޮޑުމަހުގެ ދަތުން ކަމަށެވެ. މި ރާޒުވާ ގޮނޑިން ދިވެހީންގެ މަސައްކަތްތެރިކަން ދައްކުވައިދެއެވެ.

 

ކަޅުވަކަރު މިސްކިތް ބޭނުން ކުރާނީ ނަމާދުގެއަކަށް 

އިސްލާމީ މަރުކަޒުގެ ކުރިމަތީގައި، ތާރީޚީ ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަން ނިންމާފައިވަނީ ނަމާދުގެއެއް ގޮތަށް ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން މިމަހުގެ 22 ވަނަ ދުވަހު ބުނެފި އެވެ.

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވިދާޅުވީ މިހާރު ނިންމާފައިވަނީ ކަޅުވަކަރު މިސްކިތް ނަމާދުގެއެއް ގޮތަށް ބޭނުން ކުރުމަށް ކަމަށެވެ. އެހެންކަމުން އެތަނުގައި ބަންގި ގޮވުމާއި ޖަމާއަތުގައި ނަމާދުތައް ކުރުމެއް ނޯންނާނެ އެވެ. ނަމަވެސް ވަކިން ނަމާދުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.

“އިމާމެއް ނުހުންނާނެ. ރަސްމީކޮށް ޖަމާއަތް ހަދައި ނަމާދެއް ނުކުރާނެ. އެކަމަކު ނަމާދު ކުރެވޭނެ،” ތޯރިގް ވިދާޅުވި އެވެ.

ޗާންދަނީމަގު ކަންމަތީ، ދިރާގު އޮފީސް ކުރިން ހުރި ބިމުގައި ކަޅުވަކަރު މިސްކިތް ބަހައްޓަން ނިންމުމުން ދީނީ އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ މިސްކިތެއްގެ ދޮރުމަތީ މިސްކިތެއް އެޅުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ބުނެ އެވެ.

އެ ތަނުގައި ކަޅުވަކަރު މިސްކިތް ބަހައްޓަން ދީނީ އިލްމުވެރިން ދެކޮޅުހައްދަވަނީ، ޖަމާއަތުގައި ނަމާދުކުރާ ގޮތަށް އެ މިސްކިތް ބޭނުންކުރާ ނަމަ އެވެ.

ތާނަ ބްރެއިލް 

ތާނަ ބްރެއިލް އުފައްދަވައި ލޯފަން ކުދީންނަށް އަމިއްލަ މާދަރީ ބަހުން ލިޔަން ކިޔަން ދަސްކޮށްދޭން ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ އަލްޤާރީ އަޙްމަދު ރަޝީދާއި ބައްދަލުވުމަކީ ލިބިލެއްވި އުފަލެއް ކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ލޯފަން ކުދީންނަށް ދިވެހިބަހުގެ ފޮތްތައް ތާނަ ބުރެއިލް ބޭނުންކޮށްގެން ކިޔޭނޭ މަގު ފަހި ކޮށްދެއްވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ މުދައްރިސް އަލްޤާރީ އަޙުމަދު ރަޝީދާއި ބައްދަލުކުރެއްވުމަށް ފަހުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.