ފެބްރުއަރީ 27 ގައި ޕްރިމިއާކުރާ ދިވެހި ފިލްމު ”ފޯޓީ ޕްލަސް“ ގެ ޓިކެޓް ބުކިން ހަދަން ފަށަފިއެވެ.
އެންވިޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފެއްދި ”ނޯޓީ 40″ގެ ދެވަނަ ބައެއްގެ ގޮތުގައި އުފައްދާ ”ފޯޓީ ޕްލަސް“ގެ ޓިކެޓް ބުކިން ހެއްދުމަށް 7384040 އަށް އެސްއެމްއެސް ކުރަމުން ގެންދިއުމަށް ފިލްމުގެ ޓީމުން އެދެއެވެ. އެގޮތުން ޓިކެޓް ބޭނުންވަނީ ކޮން ޝޯ އަކަށް ކަމާއި ގަންނަން ބޭނުންވާ ޓިކެޓްގެ އަދަދު އެސްއެމްއެސްގައި ހިމެނުމަށް ވެސް އެދެއެވެ.
ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު ބުނީ މިއީ 2019 ވަނަ އަހަރު ދިވެހި ފިލްމީ ސްކްރީނަށް އަންނާނެ އެންމެ ތަފާތު އެއް ފިލްމަށްވާނެކަމަށެވެ. އަދި ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށްވާނެކަން ޔަގީންކުރާކަމަށް ޝަފީގް ވަނީ ބުނެފައެވެ.
ޝަފީގް ބުނީ ”ފޯޓީ ޕްލަސް“އަކީ ވަރަށް ގިނަ ރަހަތައް އެކުލެވޭނެ ފިލްމެއްކަމަށާ ފިލްމުގައި ތަރިންގެ ފަރާތުން ވަރަށް ކުޅަދާނަ އެކްޓިންއެއް ފެނިގެންދާނެކަމަށެވެ. އަދި އޯޕަން ބަޖެޓަކުން އުފައްދާ މި ފިލްމު މިދިޔަ އަހަރު ސްކްރީން ނުކުރީވެސް ސިޔާސީ ކަންކަމާއި ގުޅިގެން ގިނަ ބަޔަކަށް ފިލްމު ނުބެލިދާނެތީ، ވީހާވެސް ގިނަ ބަޔަކަށް ފިލްމު ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެ.
ފިލްމުގެ ޑައިރެކްޓަރު ޔޫސުފް ޝަފީއު ބުނީ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ތަރިންގެ އެކްޓިންނަށް 100 ދޭނެކަމަށެވެ. މި ފިލްމަކީވެސް އިންޑަސްޓްރީއަށް މުޅިން އަލަށް ބައެއް ތަރިން ތައާރަފްވާ ފިލްމަކަށްވުމަކީ ފިލްމަށް ލިބޭނެ އިތުރު ފުރިހަމަކަމެއްކަމަށްވެސް ޔޫއްފެ ވަނީ ބުނެފައެވެ.
ޔޫއްޕެ ބުނީ ޕްރޮޑިއުސަރުގެ އިރުޝާދުގެ ދަށުން މި ފިލްމުގައި ހެއްވާ މަޖާ، އަދި ބިރުވެރި އެތައް ހާދިސާތަކެއްވެސް ހިމެނިފައިވާނެކަމަށެވެ. މީގެ އިތުރުން ދިވެހި ފިލްމުތަކުގައި ބެލުންތެރިން ހިމަނަން ބޭނުންވާ ހުރިހާ ރަހަތަކެއް މި ފިލްމުގައި ހިމެނޭނެކަމަށް ޔޫއްޕެ ބުންޏެވެ.
އެގޮތުން ފިލްމުގައި ހިންގާ ބިރުވެރިކަންކަމާއި، ހެއްވާ މަޖާ ގިނަ ކަންތައްތަކެއް ފެނިގެންދާނެއެވެ. ފަސްޓްލުކާއެކު ފިލްމް ”ފޯޓީ ޕްލަސް“ކުރާ އުންމީދު މިވަނީ ވަރަށް ބޮޑަށްވެސް އިތުރުވެގެންގޮސްފައެވެ.
ޔޫސުފް ސަފީއު (ޔޫއްޕެ)، އަލީ ސީޒަން، މުހައްމަދު މަނިކު، ޝީލާ ނަޖީބު، އަހްމަދު ސައީދު، ފާތުމަތު އަޒީފާ (އަޒޫ)، މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮން އައްޔަ) އަދި އަލީ ޝާހިދު (ސްޓެޕްސް އައްޔަ) އަދި މަރިޔަމް ޝަކީލާ (ޝަކިއްތަ) ފަދަ ތަޖުރިބާކާރު ފަންނާނުންނާ އެކު ”40 ޕްލަސް“ ގައި ހަރަކާތްތެރިވާ އާ ކާސްޓުންނަކީ މަރިޔަމް ޝިފާ، އައިމިނަތު ސަމްއާ، ބައްސާމް އަހްމަދު، އިރުފާނާ އިބްރާހިމް، އައިމިނަތު ޒިޔާދާ އަދި ހުނޭޝާ އާދަމް ނަސީރް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި