މިދިޔަ ހުކުރު ދުވަހު ޔުނިކޯ ބީޓްސް ސުޓޫޑިއޯއިން ނެރުނު “އާދޭ ލޯބިވާ” އަޑު އަހާލަން ވަރަށް ހިތްގައިމެވެ. ޔުނިކޯ ބީޓްސް ސުޓޫޑިއޯއަށް ނިސްބަތްވާ ޖަނާން (ޖަންޓު) އާއި އަޖުފާން (އަޖޫ)ގެ ހިތްގައިމު އަޑުން ކިޔާފައިވާ މިލަވަ މިހާރު ދަނީ ލަވަފޮށި އަދި ބައިސްކޯފް ސުޓްރީމާސްގެ ހިތްތަށް ކަތިލަމުންނެވެ.

 

އަޖުފާން (އަޖޫ) އަކީ ޔުނިކޯއިން މިޔުޒިކުގެ ދާއިރާއަށް ނެރެދިން އާމޫނެއް ނަމަވެސް ހުނަރުވެރި ލަވަ ކިޔުން ތެރިއެކެވެ. ހަމަ އެފަދައިން ޖަނާން (ޖަންޓު) އަކީވެސް ޔުނިކޯއިން ނެރެދިން ހުނަރުވެރި ރެޕް އާޓިސްޓެކެެވެ.

 

“ލަވަ ލިޔުނީ މަށާ ނާއިލްއާ އަދިވެސް އެބަހުރި މިކަހަލަ ބައިވަރު ލަވަ، ލަވައިގެ މިކްސިން އާއި ރިކޯޑިން ހަދައި ދިނީތީ ޓްރޯއަށް ޝުކުރުވެރިވަން.” ​ޔުނިކޯ ބީޓްސް ސުޓޫޑިއޯގެ ނިއުސް ފްލޭޝް ޕާޓްނާ މުނިއަވަސް އަށް ލަވަޔާ ބެހޭ ގޮތުން މަޢުލޫމާތު ދެމުން “އާދޭ ލޯބިވާ”ގެ ޕުރޮޑިއުސާ އަދި މިލަވާގައި ރެޕް އާޓިސްޓް ޖަނާން (ޖަންޓު) ބުންޏެވެ.

 

 

“މީ ހަމަ އެއްވަނައިގެ ލަވައެއް، މިކަހަލަ ބައިވަރު ލަވަތަށް ހެދޭތޯ އަހަރުމެން މިބަލަނީ މިއަހަރުގަ” މުނިއަވަސް އިން މިލަވައާ މެދު ހިތް ހަމަޖެހޭތޯ އަހާލުމުން، ޔުނިކޯ ބީޓްސް ވުޖޫދުކުރި ޖިނާން ޝަރީފް (ޖީނީ) ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.