ސީޒަންގެ ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަނާއި ބައިސްކޯފް ގުޅިގެން އުފައްދާ ކުރު ފިލްމު ”ސޯލް“ ޑަބްކުރުމުގެ މަސައްކަތް އަވަށްޓެރި ސްރީލަންކާގައި ފަށާފައިވާކަމަށް އެކްޓަރ ޑައިރެކްޓަރ ސީޒަން ބުނެފިއެވެ.

އއ. މަތީވެރީގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ މި އަހަރު ބާއްވާ ސާކް ފިލްމު ފެސްޓިވަލްގެ ކުރު ފިލްމު ކެޓަގަރީ އަށް ޚާއްސަކޮށްގެން ހަދާ ވިއްސަކަށް މިނެޓްގެ ފިލްމެއް ކަމަށް ސީޒަން ވަނީ ބުނެފައެވެ.

ސީޒަން ބުނީ، ފިލްމުގައި މައިގަނޑު ވާހަކަ ދައްކާނީ އިނގިރޭސި ބަހުން ކަމަށެވެ. އެހެން ނަމަވެސް ދިވެހި ޑައިލޮގް ތަކާއި ސިންގަޅަ ޑައިލޮގްތައް ވެސް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

”ސޯލް“ގެ ފުރަތަމަ ދައްކައިލުން މިދިޔަ މަހު 27 ގައި ނެރެފައިވާއިރު އަންނަ މާޗު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭ ބައިސްކޯފް އެޕް މެދުވެރިކޮށް ”ސޯލް“ ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ.

”ސޯލް“ އަކީ ރާއްޖެއަށް އަންނަ ދެ ފަތުރުވެރިން ރާއްޖޭގައި ހަނީ މޫން ހޭދަކުރުން ފެނިގެންދާ ފިލްމަކަށްވީހިނދު މި ފިލްމުން ރާއްޖޭގެ ރީތި މަންޒަރުތައް ފެނިގެންދާނެ ކަމަށް އަލީ ސީޒަން ވަނީ ބުނެފައެވެ.

އަމިލާ ކަރޫނާނަޔަކަ “ސޯލް” އަށް ޑަބްކުރުމުގައި – ފޮޓޯ: އެސް ޕްރޮޑަކްޝަންސް

މިފިލްމުގައި ފިލްމީ ތަރި ޖުމައިހް (ޖުމާ)ގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ) ފެންނާނެ އެވެ. މީގެ އިތުރުން ސްރީލަންކާގެ ފެޝަން ޑިޒައިނަރ، ޓޮޕް މޮޑެލް އަދި ފިލްމީ ފަންނާނެއްކަމަށްވާ އަމިލާ ކަރޫނާނަޔަކަ އާއި ސްރީލަންކާގެ މޮޑެލް، އެކްޓްރެސް އަދި ޓީވީ ޕްރެސެންޓަރ ނިޕްނިީ ވިލްސަން (ނިކީމިކީ) ހަރަކާތްތެރިވާނެ އެވެ. ނިޕްނީ ވިލްސަން އަކީ ‘ދެރަނަ ސިޓީ އޮފް ޑާންސް ސީސަން ދޭއް‘ ގައި މޮޅު ނެށުންތަކެއް ހުށައަޅައިދީފައިވާ ހުނަރުވެރި ނެށުންތެރިއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.