ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމު “ގޮށްރާޅު” އޮލިމްޕަހަށް ބިންދައިލުމަށްފަހު މިއަދާ ހަމައަށްވެސް މައިތިރިވުމެއްނެތި އޭގެ ރާޅުބާނިގެ އަޑު ފަތުއަޑުކިޔާފައި އަންނަނީ ގުގުމަމުންނެވެ.

އޮލިމްޕަހަށް އެރި “ގޮށްރާޅު” ފަސްތަރީގެ ބްލޮކްބަސްޓާ އެއްގެ މަގާމު ހޯދާފައިވާއިރު، އަތޮޅުތަކަށް “ގޮށްރާޅު” އަރަން ފަށާފައިވަނީވެސް ހަމަ އެހާމެ ވަރުގަދަކޮށެވެ.

މި ހަފުތާ ބަންދަކީ އަތޮޅުތަކުގައި “ގޮށްރާޅު”ގެ ފޯރި ގަދަވާނެ ދެދުވަސްކަން ޑާކް ރެއިން އެންޓަޓެއިންމެންޓުން ހިއްސާކޮށްފައިވާ ޝެޑިއުލުން އެނގެއެވެ.

އެގޮތުން:

21 ފެބްރުއަރީ – ރ. މަޑުއްވަރި

21 ފެބްރުއަރީ – ށ. މިލަންދޫ

21 ފެބްރުއަރީ – ވ. ފުލިދޫ

21 ފެބްރުއަރީ – ލ. ގަން

22 ފެބްރުއަރީ – ރ. އުނގޫފާރު

22 ފެބްރުއަރީ – ހއ. ބާރަށް

22 ފެބްރުއަރީ – ލ. ފޮނަދޫ

މި މަހުގެ 21 އިން 23 އަށް އޮލިމްޕަހުގައި “ގޮށްރާޅު” ފިލްމުގެ އިތުރު ޝޯތަކެއް ދައްކަންވެސް ވަނީ ނިންމައިފަ އެވެ. އެ ތިން ޝޯއަށް ވެސް ޓިކެޓް ވިއްކަމުންދާއިރު 9911229 އާ ގުޅައިގެން ޓިކެޓްގެ ކަންތައް ހަމަޖެއްސޭނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ބުނެ އެވެ. އެ ތިން ޝޯ ވެސް ދައްކާނީ ރޭގަނޑު 21:00ގަ އެވެ.

“ގޮށްރާޅު” ފިލްމުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ޖުމައިހު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

މޫމިން ފުއާދުގެ ވާހަކައަކަށް ވަރަށް ހުނައެރުވެރިކަމާއެކު ދިރުން ގެނެސްދީފައިވަނީ ޒުވާން ޑައިރެކްޓަރ އަހްމަދު ޝިނާންގެ ޑައިރެކްޝަން އާއި ވިޒުއަލް އިފެކްޓްގެ މޮޅުކަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.