ސިންގަޕޫރުގެ ޕެސެޖް އެންޓަރޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ސިންގަޕޯ ސައުތު އޭޝިއަން އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލްއަށް ފިލްމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން މިއަދު ކުރި އިޢުލާނެއްގައި ބުނީ މިފެސްޓިވަލްގައި ފިލްމު ބައިވެރިކުރުމަށް ދައްކަންޖެހޭ ސަބްމިޝަން ފީ އަދި ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ފިލްމު ބައިވެރިކުރާ ފަރާތުން ކަމަށެވެ.
ސިންގަޕޯ ސައުތު އޭޝިއަން އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލްއާއި ގުޅޭ އިތުރު މަޢުލޫމާތާއި ސަބްމިޝަން ފޯމް http://www.sgsaiff.comއިން ލިބެން ހުންނާކަން އެންސީއޭގެ އިޢުލާނުގައި ފާހަގަކުރައްވާފައިވެއެވެ.
ސިންގަޕޯ ސައުތު އޭޝިއަން އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން ބުނީ މި ފެސްޓިވަލްގައި އަންނަނިވި އެވޯޑްތަކާއި އިނާމުތައް ހިމެނޭ ކަމަސެވެ.
އެންމެ މޮޅު ފީޗާ ފިލްމު
އެންމެ މޮޅު ކުރުފިލްމު
އެންމެ މޮޅު އެކްޓަރ
އެންމެ މޮޅު އެކްޓްރެސް
އެންމެ މޮޅު ޑައިރެކްޓަރ
އެންމެ މޮޅު އެޑިޓަރ
އެންމެ މޮޅު ވާހަކަ/ސްކްރީންޕްލޭ
އެންމެ މޮޅު ސިނަމަޓޮގްރާފަރ
ސައުތު އޭޝިޔާއިން އެންމެ ބޮޑަށް ކުރިއަރާފައިވާ ފިލްމު އުފައްދާ ފަރާތް
މީގެ ކުރިން ދިވެހި ފިލްމީ ފަންނާނުންގެ އުފެއްދުންތައް ބައިވެރިކޮށްފައިނުވާ ފިލްމު ފެސްޓިވަލްތަކަށް ދިވެހި ފިލްމު ބައިވެރިކުރުމުގެ ފުރުޞަތު އޮތްކަން މިހާރު އެންސީއޭ ހިންގެވުމާއި ހަވާލުވެ ތިއްބެވި ބޭފުޅުން ގެންދަވަނީ ފަހިކުރއްވަމުންކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 މާރޗް 2024ރަހަފަތްއާފަލު ކޭކު – މުނިއަވަސް ރަހަފަތް
- 24 މާރޗް 2024ރަހަފަތްގާލިކް ބްރޮއިލްޑް ޗިކަން – މުނިއަވަސް ރަހަފަތް
- 23 މާރޗް 2024ރަހަފަތްބިސް ޗީޒް ޕެޓީސް – މުނިއަވަސް ރަހަފަތް
- 18 ސެޕްޓެމްބަރ 2021ޚަބަރުވަންރާޖްގެ މޫނުމަތީގައި އަނޫޕަމާ މިފަހަރު ޖެހީ ވަރަށް ވަރުގަދަ ތަފާލެއް!