ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ހަބު އިސްޕީޑް ބައިސްކަލެއް ވިއްކުމަށް އިޝްތިހާރެއް ކުރައްވައިފިއެވެ. އެންމެ އާދައިގެ ރައްޔިތުމީހާގެ ދިރިއުޅުމަށް އަބަދުވެސް ލޯބިކުރައްވާ ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި އަބާގޭ ސައްތާރުގެ ބައިސްކަލެއް ވިއްކާލެއްވުމަށް އިޝްތިހާރު ކޮށްދެއްވާފައިވަނީ ބައިސްކަލަށް އަރާ އިންނަވައި ފޮޓޯއަކާއި ސައްތާރާއި ސައްތާރުގެ އާއިލާ މެންބަރުންނާއެކުގައި ނަންގަވާފައިވާ ފޮޓޯފުޅަކާއި އެކުގައެވެ.
ރައްޔިތު މީހާއާއި އެކުގައި ކަޅެއް ބެއްލެވުމަށް ސައި ހޮޓާތަކަށް ވަޑައިގެންނެވުމަށް އަބަދުވެސް ވެސް ލޯބިކުރައްވާ ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ބުނީ،
“ހަބް ސްޕީޑްގެ ވިއްކާ ބައިސްކަލެއް، ސްޓެއިންލެސް ސްޓީލް ވޮށި، ބޫސް އަދި ނަރުތައް. ގުޅުއްވާނީ އަބާގޭ ސައްތާރާ. އަޅުގަނޑުގެ ފުރަތަމަ ބައިސްކަލުން ފެށިގެން މިއަދާ ހަމައަށްވެސް ބައިސްކަލް ހެއްދެވުމުގަ ސައްތާރާއި ސަމަދު. ހަމަ ގައިމުވެސް ކޮލިޓީ ކަށަވަރު ވާނެ.”
Habu speed ge vikkaa bicycle eh, stainless steel voshi, boos adhi naruthah. Gulhuvvaanee Abbagey Sattar aai. Alhugandu ge furathama bicycle in feshigen miadhaa hama ah ves bicycle hedhdhevumuga Sattar aai Samad.Hama gaimuves quality kashavaru vaane pic.twitter.com/nOTO1T7Er4
— Mohamed Nasheed (@MohamedNasheed) February 27, 2019
ނަޝީދު ކުރެއްވި ޓްވީޓުގައި ބައިސްކަލުގެ ފެންވަރު ބަޔާންކޮށްދެއްވައި ބައިސްކަލު ހެދުމުގައި އަބާގޭ ސައްތާރާއި ސަމަދަށް އިތުބާރުކުރައްވާ ވަރުވެސް ބަޔާންކޮށްދެއްވިއެވެ. އެގޮތުން ނަޝީދު ވިދާޅުވަނީ އެ ބައިސްކަލުގެ ކޮލިޓީ ކަށަވަރުވާނެ ކަމަށެވެ.
ބައިސްކަލު ދުއްވުމާއި ފައިމަގުގައި އުޅުއްވުމަށް އަބަދުވެސް ލޯބިކުރައްވާ ރައީސް ނަޝީދުގެ މި ޓްވީޓަށް ގިނަބަޔަކު ތާއިދުކޮށް ތަޢުރީފް ކުރަމުން އަންނަކަން ފާހަގަކޮށްލެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!