ޑާކްރެއިން އެންޓަޓެއިންމެންޓުން އުފައްދައި ފެބްރުއަރީ ހަތަރެއްގައި ޕްރިމިއާކުރި ކްރައިމް ތުރިލާ “ގޮށްރާޅު” ގެ އެންމެ ފަހު ޝޯ މިރޭ ބޭއްވުމަށް ތާވަލުކޮށްފިއެވެ. ވަދާޢީ ޝޯ ގެ ގޮތުގައި ރެއާއި މިރޭ އޮލިމްޕަހުގައި “ގޮށްރާޅު” ދެއްކުމަށް ނިންމާފައިވަނީ މާލޭގެ ސިނަމާތަކަށް މިވަގުތަށް އަލްވަދާޢު ކިޔާ ޝޯގެ ގޮތުގައެވެ.
ފިލްމުގެ ވަދާއީ ޝޯތައް ދައްކާނީ ރޭގަނޑު 21:00ގަ އެވެ. މި ޝޯތަކުގެ ޓިކެޓް މިހާރުވެސް އޮލިމްޕަހުން ލިބެން ހުންނާނެ އެވެ. ފިލްމުގެ ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) ބުނީ “ގޮށްރާޅު” ފިލްމުގެ 30 ޝޯ ދައްކާފައިވާއިރު އޭގެ ތެރެއިން 21 ޝޯ އަކީ ހައުސްފުލް ޝޯ ތަކެއް ކަމަށެވެ.
މޫމިން ފުއާދުގެ ސްކްރީންޕްލޭ އަކަށް ޒުވާން ޑައިރެކްޓަރ އަޙްމަދު ޝިނާން ޑައިރެކްޓްކޮށް، ވިޝުއަލް އިފެކްޓް ހަދާފައިވާ “ގޮށްރާޅު” ފިލްމަކީ މިފަހުން ދިވެހި ސިނަމާއަށް އައި ފަސްތަރީގެ ބްލޮކްބަސްޓާ އެވެ.
“ގޮށްރާޅު”ގެ ކާސްޓަށް ބަލައިލާއިރު، ފިލްމުގެ ލީޑު ކުޅެފައިވަނީ ޖުމައްޔިލް ނިމާލް (ޖުމަލް)، ހަސަން އިރުފާން (ޒަކިއްޓެ)، ތަސްނީމާ، ރަޝްފާ، އަޒާން، ނާސިތް، ހަމްދާން، އަދި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. މީގެ އިތުރުން މަރިޔަމް ޝަކީލާ، ކޮޕީ އިއްސެ، އަޙްމަދު ސަޢީދު ވެސް ފެނިގެންދެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 މާރޗް 2024ރަހަފަތްއާފަލު ކޭކު – މުނިއަވަސް ރަހަފަތް
- 24 މާރޗް 2024ރަހަފަތްގާލިކް ބްރޮއިލްޑް ޗިކަން – މުނިއަވަސް ރަހަފަތް
- 23 މާރޗް 2024ރަހަފަތްބިސް ޗީޒް ޕެޓީސް – މުނިއަވަސް ރަހަފަތް
- 18 ސެޕްޓެމްބަރ 2021ޚަބަރުވަންރާޖްގެ މޫނުމަތީގައި އަނޫޕަމާ މިފަހަރު ޖެހީ ވަރަށް ވަރުގަދަ ތަފާލެއް!