މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްގެ ދަށުން ހިންގަމުންގެންދާ ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހާއި ޤައުމީ ތާރީޅު ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދުއަށް ކުރި “އަހަރެންގެ ބޮޑު ދަތުރު” ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
“އަހަރެންގެ ބޮޑު ދަތުރު” ގެ ނަމުގައި މިމަހުގެ ދެވަނަ ދުވަހު ކާށިދުއަށް ކުރި މި ދަތުރަކީ ދިވެހިބަހުގެ އެކަޑަމީން ދިވެހި ފުލުހުންނާއި ކ. ކާށިދޫގެ މުއައްސަސާތަކާއި ގުޅިގެން ބޭއްވި ތާރީޚާއި ޘަޤާފަތާއި ގުޅުންހުރި ހަރަކާތެކެވެ. މި ދަތުރުގައި މާލޭގެ ކޮންމެ ސްކޫލަކުން ދެ ދަރިވަރުންނާއި މުދައްރިސެއް ބައިވެރިކޮށްފައިވެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްގެ އިސްބޭފުޅުންކޮޅަކާއި ދިވެހިބަހުގެ އެކެޑަމީގެ އިންބޭފުޅުންކޮޅެއް މި ދަތުރުގައި ބައިވެރިވެލެއްވިއެވެ. އެގޮތުން މިނިސްޓަރ ޔުމްނާ މަޢުމޫނާއި ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވެސް ބައިވެރިވެލެއްވި އެވެ.
މިދަތުރުގައި، ދަތުރުގެ ބައިވެރިން އެރަށަށް ލެފުމުން ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެެވެ. މަރުހަބާ ދެންނެވުމުގެ ހަރަކާތްތަކުގެ ތެރޭގައި ސަޤާފީ ކުޅިވަރުތައްވެސް ވަނީ ހިމަނާފައެވެ.
މިދަތުރުގެ ތެރެއިން ވަނީ ސްކޫލު ދަރިވަރުންގެ މެދުގައި އަދަބީ ހުށައެޅުންތައް ވެސް ކުރިޔަށް ގެންގޮސްފައެވެ. މިގޮތުން ރައިވަރު ކިޔުމާއި ބަންޖާއި ޅެންކިޔުން ފަދަ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައި ވެއެވެ. މީގެ އިތުރުން ދިވެހިންގެ އިހުގެ ދިރިއުޅުން ދައްކުވައިދޭ ޚާއްސަ ހަރަކާތްތަކެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. ބޮޑު ދަތުރުގެ ބައިވެރިންގެ ޝަރަފުގައި ކާށިދޫގެ ރައްޔިތުންގެ ފަރާތުން އިހުގެ ސަޤާފީގޮތަށް ބޮޑު ކޭމެއް ހިމެނޭ ޖާފަތެއްވެސް ދިނެވެ.
ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހާއި ދިވެހިރާއްޖޭގެ ގައުމީ ތާރީޚު ދުވަހުގެ މުނާސަބަތުގައި ދިވެހިބަހުގެ އެކެޑަމީން ކ. ކާށިދުއަށް ކުރާ “އަހަރެެމެންގެ ބޮޑު ދަތުރު” ގެ ހަރަކާތްތަކުގެ ތެރެއިން@MACH_MV @yumna_maumoon @ashraf830 pic.twitter.com/eoHnHUdswh
— Dhivehibahuge Ekedamee (@DhivehiEkedamee) March 2, 2019
“އަހަރެެމެންގެ ބޮޑު ދަތުރު”ގެ ހަރަކާތްތަކުގެ ތެރެއިން ދަތުރުގެ ބައިވެރިން ކާށިދޫގައި އޮންނަ ކުރުހިންނަ ތަރާގަނޑަށް ޒިޔާރަތްކުރި އެވެ. ކާށިދޫގެ ކުރުހިންނަ ތަރާގަނޑަކީ ރާއްޖޭ އިސްލާމްވުމުގެ ކުރީގެ އާސާރުތައް ހުރި ބިމެކެވެ. ކާށިދޫއަކީ ދިވެހިރާއްޖޭގެ ޤަދީމީރަށްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިއްމު ރަށެކެވެ.
“އަހަރެެމެންގެ ބޮޑު ދަތުރު” ނިންމައިލުމަށް ފަހު ދަތުރުގެ ބައިވެރިން މާލެ ދިޔައީ އިއްޔެ ހަވީރު އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟
- 10 މާރޗް 2021ޚަބަރުއަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިމަރަފުށީގައި ހޭންޑްބޯލް މުބާރާތެއް
- 2 މާރޗް 2021ޚަބަރު“ފްލައިޓް” ގެ ޓްރެއިލާއިން ބެލުންތެރިން ހައިރާންކޮށްލައިފި