ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ފޯރިއާއެކު ވާދަކުރަމުން ގެންދާ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ޕީއެސްއެމުން އަލުން ހުޅުވާލައިފިއެވެ.
އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޕީއެސްއެމް އިން ޢާއްމުކޮށް ހުޅުވާލާފައިވާއިރު މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ހުށަހަޅަން ޖެހެއެވެ. އަދި މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން ޑްރާމާގެ ސްކްރިޕްޓް ހުށައެޅުމަށްފަހު 27ވަނަ ދުވަހު ޕްރޮޑަކްޝަން މަސައްކަތް ފަށަންޖެހޭކަމަށް ޑްރާމާ މުބާރާތުގެ ޤަވާއިދުގައި ބުނެއެވެ.
އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި ހުށައަޅާ ޑްރާމާ އަކީ ކުރުވެގެން 45 މިނިޓު އަދި އެންމެ ދިގުވެގެން 50 މިނިޓު ޑްރާމާއަށް ވާންޖެހެއެވެ. މިމުބާރާތަށް ހުށަހަޅާ ޑްރާމާތަކުގެ ޕްރޮޑަކްޝަން މަސައްކަތް ނިންމުމަށްފަހު އަންނަ މޭއި މަހުގެ 1ވަނަ ދުވަހު ޕީއެސްއެމްއާ ޑްރާމާ ޙަވާލުކުރަން ވާނެކަމަށް ޕީއެސްއެމުން މަޢުލޫމާތު ދެއެވެ.
ޓެލެޑްރާމާ މުބާރާތާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ޕީއެސްއެމްގެ ސީނިއަރ އެގްޒެކެޓިވް ޕްރޮޑިއުސަރ މުޖުތަބާ ރަޝީދު ޢަބްދުލްކަރީމް ވިދާޅުވީ ޓީވީ ޑްރާމާ މުބާރާތަކީ ޢާއްމުންގެ ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ މުޖުތަމަޢަށް ރަނގަޅު މެސެޖުތަކެއް ގެނެސްދޭ ޓީވީގެ ތާރީޚާވެސް ގުޅިފައިވާ މުބާރާތެއްކަމަށެވެ.
ކޮންމެ އަހަރެއްގެ ރަމަޟާންމަހު ޓީވީ މޯލްޑިވްސް އިން ގެނެސްދެމުންދިޔަ އޮފީސްތަކުގެ ޓލެޑްރާމާ މުބާރާތަކީ 1994ވަނަ އަހަރުން ފެށިގެން ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މުބާރާތެކެވެ. މިމުބާރާތުން ވިދާލި ގިނަ ތަރިން ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ފުންނާބު އުސްތަރިންގެގޮތުގައި މަޝްހޫރުވެފައިވެއެވެ.
މިއަހަރުގެ މުބާރާތުގެ ނަތީޖާ ރޯދަމަސް ނިމުމާއެކު ވީއެންމެ އަވަހަކަށް ބާއްވާނެކަމަށް ޕީއެސްއެމުން ވިދާޅުވެއެވެ. އެގޮތުން އެންމެމޮޅު ޑްރާމާއަކަށް ފަންސާސް ހާސް ރުފިޔާ ދޭން ނިންމާފައިވާއިރު އެންމެ މޮޅު އަންހެން އަދި ފިރިހެން އެކްޓަރަކަށް ފަނަރަހާސް ދޭންވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުންވެސް އެންމެމޮޅު ސަޕޯޓިން އެކްޓަރާއި ނިއުކަމަރ އާއި ވީވާރސް ޗޮއިސް އަދި އެންމެ މޮޅު ޑިރެކްޓަރ ހޮވުމަށްވެސްވަނީ ހަމަޖެހިފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 8 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު“ލޯބިން” އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟