ރާއްޖޭގެ ފުޓްބޯޅައިގެ މައިދާނުގައި ތަޖުރިބާކާރު ޑިފެންޑަރ އަހުމަދު އަބްދުﷲ (ލިލީ) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފި އެވެ.

ގައުމީ ޓީމުގެ ޑިފެންޑަރު މިދިޔަ ސީޒަނުގައި ކުޅެފައިވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށެވެ. މުސާރައިގެ މައްސަލައިގައި ސަސްޕެންޑް ކޮށްފައިވާ ނިއުގެ ގިނަ ކުޅުންތެރިން ވަނީ މި ފެށޭ ސީޒަނަށް ނިއު ދޫކޮށް އެހެން ޓީމުތަކަށް ބަދަލުވެފައެވެ.

އަހުމަދު އަބްދުﷲ (ލިލީ) އޭނާގެ ކެރިއަރު ފެށީ 2009 ވަނަ އަހަރު ނިއުއިންނެވެ. އެޓީމުގައި 6 އަހަރު އޭނާ ހޭދަކުރި އެވެ. އެއަށްފަހު 2016 ވަނަ އަހަރު ޓީސީއަށް ލިލީ ބަދަލުވިއިރު، 2017 ވަނަ އަހަަރު އަނެއްކާވެސް ލިލީވަނީ ނިއުއަށް ބަދަލުވެފައެވެ. އޭނާ ވަނީ ނިއުއާއެކު ރާއްޖޭގެ ހުރިހާ މުބާރާތެއްވެސް ކާމިޔާބުކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.