ކުޑަކުދިންނަށް ޢިބްރަތްތެރި ފިލާވަޅުތަކެއް ދިނުމަށް މިހާރު ރާއްޖޭގެ ރަށްރަށަށް އަރަމުންދާ “ކަނޑު އިނބިލީސް” މިދިޔަ ހުކުރު ދުވަހު ރ. އަލިފުއްޓަށް އަރައިފިއެވެ. އަލިފުށީގައި މިދިޔަ ހުކުރު ދުވަހު ހަވީރު ދެއްކި ޝޯއަށް 200 ކުޑަކުދިންނާއި މީހުން ވަން ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުނިއަވަސް އަށް މަޢުލޫމާތު ދެއެވެ.

“ކަނޑު އިބިލީސް”ގެ އެއް ޕްރޮޑިއުސަރު ޒިޔާ ބުނީ ހުކުރު ދުވަހުގެ ޝޯ އަށ ް200 މީހުން ވަދެ ފިލްމުބެލިކަމަށާއި ވަރަށް ރަނގަޅު ތަރުޙީބެއް އެރަށުން ލިބިފައިވާކަމަށެވެ.

ރަށްރަށުގައި ކުޑަކުދިންގެ ފިލްމު “ކަނޑު އިބިލީސް” އަޅުވަން ބޭނުންވާ ފަރާތްތަކުން 7864477 ނަންބަރަށް ގުޅައިގެން ފިލްމު ދެއްކުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް ޒިޔާ ބުންޏެވެ.

“ރަށްރަށުގައި ފިލްމު އަޅުވަން އޯކޭވަމުން ދާ ވަރަކަށް އަޅުވަމުން ދާނީ.” ކުޑަކުދިންނަށް އަމާޒުކޮށްގެން އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އާއި ޒިޔާ އަދި ރިއްފަތު ޕްރޮޑިއުސްކޮށްފައިވާ ފިލްމަށް ލިބެމުންދާ ތަރުހީބު ރަނގަޅުކަމަށް ބުނަމުން ޒިޔާ ބުންޏެވެ.

ރ. އަލިފުށީގައި “ކަނޑު އިބިލީސް” ފިލްމު ބެލުމަށް ވަދެ ތިބި އޯޑިއަންސް – ފޮޓޯ: މުނިއަވަސް

“ކަނޑު އިބިލީސް” ޅ. ނައިފަރު ޝޯ ބެއްލެވުމަށްފަހު ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރައްވާ ޝިޔާމް ވިދާޅުވަނީ ”ކަނޑު އިބިލީސް“ ފިލްމަކީ އެބޭފުޅާއަށް މިހައިތަނަށް ބެއްލެވުނު އެންމެ ސަޅި ކުރު ކުޑަކުދިންގެ ފިލްމެވެ.

”ކެމެރާ ވަރަށް ފުރިހަމަ. ޕިކްޗާ ކޮލިޓީ ސަތޭކަ. ބެކް މިއުޒިކް ބުނާނެ އެއްޗެއް ނެތް. ޑަބިން އެހާ ކްލިއާ. މި ފިލްމުގެ ރީތިކަމުގެ ވާހަކަ ނުދައްކާ ޕޭރެންޓްސް އެއް ފިލްމު ބެލި ކުޑަކުއްޖެއް ދިމާނުވޭ. ދީފަ ހުރި މެސެޖްތައް ވަރަށް ފުރިހަމަ. މަސައްކަތަށް ސަތޭކަ.“ ޝިޔާމް ވިދާޅުވިއެވެ.

ފިލްމު “ކަނޑު އިބްލީސް”ގެ ވާހަކަ ލިޔުއްވީ މަޝްހޫރު ލިޔުންތެރިޔާ އަދި ސްޓޭޖް ޑްރާމާކުޅުއްވުމުގައި ފުންނާބު އުސް އެކްޓަރ ކޮޕީ މުޙައްމަދު ރަޝީދު އެވެ.

“ކަނޑު އިބްލީސް” ގެ ލީޑުން ފެނިގެންދާނީ އިއްސެ އަދި ޒިޔާ އެވެ. މީގެ އިތުރަށް ކުޅުއްދުއްފުށީގެ 100 ވަރަކަށް ކުދިންނާއި ބޮޑެތި މީހުން މި ފިލްމުން ފެނިގެންދާނެ އެވެ. ފިލްމުގެ މޭކަޕް ހެދީ ކުޅުދުއްފުށީ ދެކުދިންނެވެ. ހިތްގައިމު މަންޒަރުތަކެއް ފެނިގެންދާ މި ފިލްމުގެ ކެމެރާގެ މަސައްކަތް ދަބާ ކޮށްދީފައިވާއިރު، އެޑިޓިންގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ޒިޔާ އެވެ.

ރ. އަލިފުށީގައި “ކަނޑު އިބިލީސް” ފިލްމު ބެލުމަށް ވަދެ ތިބި އޯޑިއަންސް – ފޮޓޯ: މުނިއަވަސް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.