ރާއްޖޭގައި ފުރަތަމަ ފަހަރަށް ނެރުނު ހޮރޯ ކޮމެޑީ “ފޯޓީ ޕްލަސް” މި މަހު 14، 15 ގައި ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި އަޅުވަން ހަމަޖެހިއްޖެވެ. ތިލަދެކުނު ސިނަމާގައި ފިލްމު އަޅުވަން ހަމަޖެހިފައިވަނީ ޕްރިމިއާ އިވެންޓަކާއިއެކުގައެވެ.

ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަން އިން އުފައްދާ މިމަހު ފަހެއްގައި ރިލީޒްކޮށްފައިވާ “ފޯޓީ ޕްލަސް”ގެ ޓިކެޓް ލިބެން ހުންނާނީ ކުޅުދުއްފުށީ ޕުލޭގުރައުންޑް ފިހާރައިން ކަމަށް މަޢުލޫމާތު ލިބެވެ. ޓިކެޓް ހޯދުމަށް ގުޅަން ޖެހޭ ނަންބަރަކީ 9704448 އެވެ. ތިލަދެކުނު ސިނަމާއިން މި ފިލްމު ބަލައިލުމަށްވެސް ހޭދަކުރާން ޖެހެނީ 100 ރުފިޔާއެވެ.

ފިލްމު އެޅުވުމަށް ކުޅުދުއްފުށީގައި އިސްކޮށް އުޅޭ ފަރާތަކާއި ހަވާލާދީ ކުޅުދުއްފުށީ އޮންލައިން އިން ބުނީ ފުރަތަމަ ޝޯ މިހާރު ފުލް ވެފައިކަމަށާއި މިހާރު ވިކެމުން ދަނީ ދެވަނަ ޝޯގެ ޓިކެޓް ކަމަށެވެ ދެވަނަ ޝޯވ ފުލް ވެއްޖެ ނަމަ ތިންވަނަ ޝޯ އެއް އެޅުވުމަށް ވެސް ވިސްނަމުން ދާކަމަށްވެސް ކޭއޯ އަށް މަޢުލޫމާތު ދިން ފަރާތާއި ހަވާލާދީ ބުނެއެވެ.

އިސްމާއިލް ޝަފީޤް ޕްރޮޑިއުސްކޮށް، މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ޔޫސުފް ސަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކޮށް އެކްޓްކޮށްފައިވާ ފިލްމެކެވެ. ކުޅުދުއްފުށީގައި ފިލްމު ޕްރިމިއާ ކުރުމަށް ފިލްމުގައި ހަރަކާތްތެރިވާ ޔޫސުފް ސަފީއު (ޔޫއްޕެ) އާއި ޢަލީ ސީޒަން ކުޅުދުއްފުށްޓަށް ދިއުމަށްވަނީ ހަމަޖެހިފައެވެ.

އޮލިމްޕަހުގައި “ފޯޓީ ޕްލަސް” ރިލީޒްކުރުމަށްމަހު މިހައިތަނަށްވަނީ ހައުސްފުލް ހަ ޝޯ ދައްކާފައެވެ.

“ފޯޓީ ޕްލަސް” ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.