ކުލަބު ދޫކޮށް ދިއުމަށްފަހު ޒިދާން އަނެއްކާވެސް އެނބުރި ރެއާލް މެޑްރިޑަށް އައުމަކީ ލިބުނު ހިއްހަމަ ޖެހުމެއް ކަމަށާއި ކުލަބު މިހާރު އޮތް ހާލަތުން ސަލާމަތް ވާނެ ކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެއެވެ.
ޕެރޭޒް މިހެން ވިދާޅުވީ ޒިދާން އެނބުރި އައުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޕެރޭޒް ވިދާޅުވީ ޒިދާން އަކީ ރެއާލްގެ ހަޔާތުގައި ދުށް އެންމެ ކާމިޔާބު ކޯޗުކަމަށާއި ޒިދާން އެނބުރިއައުމުން ހިންހަމަ ޖެހޭކަމަށެވެ. އުންމީދަކީ ކުރިޔަށް އޮތް ތަނުގައި ތަފާތު ފެނިގެން ދާނެ ކަމަށް ކަމަށްވެސް ޕެރޭޒް ވަނީ ވިދާޅުވެފައެވެ.
ޒިދާންއަށް ތައުރީފް ކުރަމުން ޕެރޭޒް އިތުރަށް ވިދާޅުވީ މި ސީޒަން ފެށުމުގެ ކުރިން، ރެއާލް ދޫކޮށް ޒިދާން ދިޔައީ ކާމިޔާބު ތިން ސީޒަނަށްފަހުގައި ކަމަށާއި ޖެހިޖެހިގެން ތިން ފަހަރު އެ ކްލަބުން ޔޫރަޕްގެ ރަސްކަން ހޯދި އިރު، އެކަމުގެ އެންމެ ބޮޑު ހިއްސާދާރަކަށް ވީ ޒިދާންކަމަށެވެ. އެހެން ކަމުން ކުރިޔަށް އޮތް ސީޒަނުގައިވެސް މިފަހަދަ ކާމިޔާބީތަކެއް ތަކުރާރު ވުކަމީ އެންމެ ބޮޑު އުންމީދުކަމަށް ވެސް ޕެރޭޒް ވިދާޅުވިއެވެ.
“ޒިދާން އެނބުރި ކުލަބާއި ގުޅުމަކީ އަހަރެމެންނަށް ލިބުނު އުފަލެއް. ވޭތުވެދިޔަ ތިން އަހަރު ޒިދާން ކުލަބަށް ހޯދައިދީފައިވާ ކާމިޔާބީތައް އަދިވެސް ތަކުރާރު ވުމަކީ ދެކެން ބޭނުންވާ ދުވަހެއް.” ޕެރޭޒް ވިދާޅުވިއެވެ.
ބޮޑެތި ކާމިޔާބީތަކަކަށް ފަހު ޒިދާން ކްލަބު ދޫކޮށްލަން ނިންމި ނިންމުން ގިނަ ބަޔަކަށް ޝޮކަކަށް ވެފައިވާ އިރު، ރިޕޯޓުތަށް ބުނާ ގޮތުން ޒިދާން ކްލަބު ދޫކޮށްލީ ރޮނާލްޑޯ ފޮނުވާލުމަށް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ނިންމުމުންނެވެ.
ޒިދާންގެ ފަހުން ރެއާލްއާ ދެ ކޯޗުން ހަވާލުވި އިރު، އެއްވެސް ކޯޗަކަށް އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނެތެވެ. ޒިދާންގެ ފަހުން ރެއާލްގެ ކޯޗުކަމާ ހަވާލުވީ ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗުކަމުގައިި ހުރި ހުލެން ލޮޕެޓެގީއެވެ. ފަސް މަސްވެސް ނުވަނީސް އޭނާ މަގާމުން ބޭރުކޮށްލި އިރު، އެންމެ ފަހުން ހުރި ސަންތިއޭގޯ ސޮލާރީ މަގާމަށް އައީ ރިޒާވް ޓީމުގައި ހުރުމަށްފަހުއެވެ.
ރެއާލް މެޑްރިޑަށް ނާކާމިޔާބު ސީޒަނަކާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ. އެގޮތުން މިހާރު ލީގުގެވެސް އުންމީދު ގެއްލިފައިވާ އިރު، ޗެމްޕިއަންސް ލީގުން ރެއާލް ކަޓައިގެން ދިޔައީ ހިތްދަތިކޮށެވެ. ފުރަތަމަ ލެގު، އަވޭގައި 2-1އިން މޮޅުވެފައި އޮތް ނަމަވެސް، މިދިޔަ ހަފްތާގައި ކުޅުނު ދެވަނަ ލެގަށް ނުކުމެ އަޔެކްސް ވަނީ 4-1ގެ ނަތީޖާއަކުން ރެއާލް ބަލިކޮށް، ލަދުގަންނަވާލާފައެވެ.
އެ ނަތީޖާ ތަކާއެކު ސޮލާރީ ކޯޗުކަމާ ހަވާލުވިތާ އެންމެ ފަސް މަސް ފަހުން އޭނާ ފޮނުވާލަން ރެއާލްއިން ނިންމިއެވެ. ޒިދާން އަލުން ރެއާލްއަށް ގެނެސް، ރޭ އެކަން ރަސްމީކޮށް އިއުލާންވެސް ކޮށްފައިވާ އިރު، ޒިދާން ވަނީ މީޑިއާއާ ވާހަކަވެސް ދައްކާފައެވެ.
އެގޮތުން ޒިދާން ބުނީ އޭނާ ބޭނުން ވަނީ ރެއާލްގެ ރަން ދުވަސްތައް އަލުން ގެންނަން ކަމަށާއި ދެވަނަ ފަހަރަށް އެނބުރި ރެއާލް އަށް އާދެވުމުން އުފާވާކަމަށެވެ.
ޒިދާން އެނބުރި ރެއާލް އާއި ގުޅުނު އިރު، އޭނާ ވަނީ 2022 ވަނަ އަހަރާ ހަމައަށް އެ ކުލަބުގައި މަދުކުރަން ނިންމާ ކޮންޓްރެކްޓް ހަދާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 8 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު“ލޯބިން” އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟