ރާއްޖޭގެ ސިނަމާއަށް މުޅިން އާ ރަހަތަކަކާއިއެކު މިމަހު ފަސްވަނަ ދުވަހު ރިލީޒްކޮށްފައިވާ އަހަރުގެ ބޮޑު ފިލްމުގެ ރެކޯޑް މުގުރަމުން އަންނަ ދިވެހި ފިލްމު ”ފޯޓީ ޕްލަސް“ އައްޑޫ ގައި އަޅުވަން ނިންމައިފިއެވެ.

މާޗް 21 އަދި 22 ގައި ފިލްމު އަޅުވަން ނިންމާފައި ވާއިރު އައްޑޫ މަރަދޫ ގައި ފިލްމު އަޅުވަން ހަމަޖެހިފައިވަނީ ބޮޑަ ގޭގައެވެ.

ފިލްމު ގެ ޓިކެޓް ގަތުމަށް ނަން ނޯޓް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާއިރު ޓިކެޓް ގަންނަން ބޭނުންވާ ފަރާތް ތަކުން 7955243، އަދި 7845584 ގުޅައިގެން ނަން ނޯޓް ކުރުމުން ފިލްމުގެ ޓިކެޓް ލިބުމުގެ އިންތިޒާމް ހަމަޖެހޭނެއެވެ. ޓިކެޓެއްގެ އަގަކީ 100ރ އެވެ.

ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދައި ރިލީޒްކުރި ހެއްވާ މަޖާ އަދި ބިރުވެރި ފިލްމު “ފޯޓީ ޕްލަސް” ގެ ހައުސްފުލް އަށް ޝޯ އޮލިމްޕަހުގައި ދައްކައިފި އެވެ.

“ފޯޓީ ޕްލަސް”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.