ޢަޒުމް ވަރުގަދަ ސަޢުދީ އުޚުތެއްގެ ވާހަކަ
(وَٱلَّذِینَ جَـٰهَدُوا۟ فِینَا لَنَهۡدِیَنَّهُمۡ سُبُلَنَاۚ وَإِنَّ ٱللَّهَ لَمَعَ ٱلۡمُحۡسِنِینَ)
سورة العنكبوت 69
ތިމަންރަސްކަލާނގެ މަގުގައި جهاد ކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، إحسان ތެރިންނާ އެކުގައިކަން ކަށަވަރެވެ.
ޤުރުއާން ހިތުދަސްކުރުމުގެ ޙަލަޤާ ގައި ޢަންކަބޫތު ސޫރަތް ހިތުދަސްކުރިއިރު، މި އާޔަތް ކިޔަވާ ކޮންމެ ފަހަރަކު ބުނެދޭން ނޭނގޭ ފުން އިޙްސާސްތަކެއް ކުރެވުނެވެ. މި އާޔަތުގެ ހެޔޮ އަސަރާއިއެކު އަހަރެންގެ މުޅި ޙަޔާތް ބަދަލުވިއެވެ. ކުރީގެ ވަޅޯތާފަނާ ސްޓައިލް ދޫކޮށް ހީވާގިކަމާއި ޝުކުރުވެރިކަމުގެ ސިފައިން ޒީނަތްތެރިވީމެވެ. ދޮޅު އަހަރު ތެރޭގައި ޤުރުއާން ހިތުދަސްކޮށް ނިންމީމެވެ. އަހަރެން އޭރު ކިޔަވަމުންދިޔައީ ރިޔާޟްގެ ޝަރީޢާ ކޮލެޖެއްގައެވެ. ކޯސް ނިންމިއިރު މުޅި ކޯހުން އެއްވަނަ އަށް އައީ ވެސް އަހަރެންނެވެ. މި ފަދަ ބޮޑު ބަދަލެއް ޙަޔާތަށް ގެނެވުނީ އެތަކެއް ޤުރުބާނީ އެއްވެސް ވެގެންނެވެ. އިސްލާމީ ދަޢުވަތުގެ ކަމެއްގައި މެނުވީ މީސްމީޑިއާ ބޭނުންނުކުރަމެވެ. ބޭކާރު ވާހަކަތަކާއި ޑްރާމާ ސިލްސިލާތައް ބެލުމުން މުޅިން ދުރުވީމެވެ. ކޯސް ނިމުމާއެކު ތަޤްވާވެރި ފިރިހެން ކުއްޖަކާ ކައިވެނި ކުރީމެވެ. ލޯތްބާއި އޯގާތެރިކަމުން އަހަރެންގެ ދާވަނި ފުރާލަދިނެވެ. އަދި އަދަށް ދާންދެންވެސް އޭނަގެ ހިތްހެޔޮކަމާއި އެހީތެރިކަމަށް ބަދަލެއް ނާދެއެވެ.
الحمد لله.
އަހަރެމެން ދެމިހުންނަކީވެސް މިއަދު ސަޢުދީގެ ދަޢުވަތުގެ މައިދާނުގެ އެންމެ އިސް ސަފުގައި މަސައްކަތްކުރާ ދެމީހުންނެވެ.
ﷲ ތަޢާލާގެ ވަޢުދުފުޅު ފުއްދެވުމުގެ ފުރިހަމަކަމާއެވެ.
އެކަލާނގެ މަގުގައި ފުރިހަމަ ގޮތުގައި ޖިހާދުކޮށް، އެކަލާނގެ ދީނަށް ނަޞްރުދޭ މީހުންނަށް އެކަލާނގެ މަގުތަކަށް މަގު ދައްކަވާ، އެންމެހާ ކަންކަމެއް ފަސޭހަ ކޮށްދެއްވައެވެ.
ލޮބުވެތި ޒުވާނުންނޭވެ. ފުރިހަމަ ގޮތުގައި ނަފްސުގެ ޖިހާދުކުރުމަކީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބާއި ފަލާޙްގެ ސިއްރެވެ. ޖިހާދުގެ ދެން ހުރި ބާވަތްތަކަށް މަގު ހުޅުވައިދެނީވެސް ހަމަ ނަފްސުގެ ޖިހާދެވެ.
ލޮބުވެތި ޒުވާނުންނޭވެ. ތިބާގެ ވަޤުތަކީ ތިބާއަށް ލިބިފައިވާ އެންމެ އަގުހުރި ރައުސުލްމާލެވެ. ހެޔޮ ގޮތުގައި ވަޤުތު ބޭނުންކުރާނަމަ، ކާމިޔާބީގެ ފަންތިތަކުގައި ތިބާއަށް މައްޗަށް އެރޭނެއެވެ.
އަހަރެންގެ ނަޞޭހަތަކީ މިއީއެވެ. އޭރާއި މިހާރުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 26 ޖޫން 2020މަޢުލޫމާތުމަދީނާއަށް ބޮޑު އެތެއް ވަދެގެން އައި ހިނދު..
- 12 މެއި 2020އިޖްތިމާޢީމާތް ﷲ ގެ ރިވެތި ސިފަފުޅުތަކުން “އަލިވިލުމެއް”
- 27 އޭޕްރިލް 2020ވާހަކަޔޫނުސް ޢަލައިހިއްސަލާމްގެ ވާހަކަ
- 22 އޭޕްރިލް 2020ރިޕޯޓްމުސްލިމެއްގެ އަބުރަށް އަރައިގަތުމަކީ ކިހާ ބޮޑު ފާފައެއްކަން އެނގޭހެއްޔެ؟