“ފޯޓީ ޕްލަސް” އަކީ ދިވެހި ފިލްމީ ސިނާޢަތަށް އައި އިންޤިލާބީ ފިލްމެއް ކަމަށް ބުނެ ވަރަށް އުފެއްދުންތެރި ކޮމެންޓެއް ބެލުންތެރިއަކު ކޮށްފިއެވެ. “ފޯޓީ ޕްލަސް” ބެލުމަށްފަހު ފިލްމަށް ތަޢުރީފުގެ ކޮމެންޓްތައް، ފިލްމީތަރިންނާއި ފިލްމު އޯޑިއަންސުން އަންނަނީ ކުރަމުންނެވެ.
“ފޯޓީ ޕްލަސް” ބެލުމަށްފަހު ޝާޔާން ޔޫސުފުގެ ނަމުގައި ކޮށްފައިވާ ދިގު ޕޯސްޓެއްގައި ބުނީ “ފޯޓީ ޕްލަސް”އަކީ ހަމަ ޙަޤީޤަތުގައިވެސް ދިވެހި ފިލްމީ ސިނާޢަތަށް އިންޤިލާބެއް ގެނައި ފިލްމެއްކަމަށެވެ.
“ޔޫސުފު ޝަފީޢުގެ ޑައިރެކްޝަންގެ ދަށުން އުފައްދާފައިވާ“ފޯޓީ ޕްލަސް” އަކީ ޙަޤީޤަތުގައިވެސް ދިވެހި ފިލްމީ ސިނާޢަތަށް އިންޤިލާބެއް ގެނައި ފިލްމެއް. މިއީ ދިވެހި ފިލްމު ބެލުމަށް ޝަޢުޤު ހުންނަ އެންމެންނަށް އުއްމީދީ ފިލްމެއް. ފިލްމުގައި ކޮންމެ ކެރެކްޓަރއެއް ގެނެސްދީފައިވާ ގޮތަކީ ވަރަށް ހިތްހަމަޖެހޭ ގޮތެއް. އިންޓަވަލް ފަހުން ފިލްމުގެ ބާކީ ބައި ގެނެސްދީފައިވާގޮތް ވަރަށް ސަޕްރައިޒިންގ. މުޅި ފިލްމުގަ އެންމެ މަންޒަރެއްވެސް ނެތް ބެލުންތެރިން ހެއްވައިނުލާާ. ކޮންމެ މަންޒަރަކާއެކު މުޅި ސިނަމާހޯލު އެއްކޮށް ގުގުމާލައި. ނުވީތާކަށް، އަލަށް ތަޢާރަފުވި އެކްޓަރުންގެ އެކްޓިންވެސް ފާހަގަކޮށްލެވޭ. ވަކިން ޚާއްޞަކޮށް އިރޫގެ އެކްޓިންއަކީ ތަޢުރީފު ޙައްޤު އެކްޓިންއެއް. “ފޯޓީ ޕްލަސް” ބޮޑު ހިޓަކަށް ވުމުގެ އެއް ސަބަބަކީ އިރޫގެ އެކްޓިންގ.
ފިލްމަކީ މޮޅު ފިލްމަކަށްވި އަނެއް ސަބަބަކީ އަޒޫ، ޝީލާ، ޝަކިއްތ، ސައީދު އަދި މަނިކް ފަދަ އެކްޓަރުން ފެނިގެންދިއުން. އަހަރެން އުއްމީދުކުރަނީ މިވައްތަރުގެ އިތުރު ފިލްމުތައް މި ޕްރޮޑަކްޝަންގެ ދަށުން ފެނިގެން ދިއުން. “ފޯޓީ ޕްލަސް” އަކީ އަހަރުގެ ބޮޑެތި ފިލްމުތަކުގެ ކެޓަގަރީގައި ހިމެނޭ ފިލްމެކޭ ވަރަށް ފަސޭހައިން ބުނެވެން އެބައޮތް.” ޝާޔާން ކޮށްފައިވާ ޕޯސްޓްގައި އޭނާ ބުންޏެވެ.

ޝާޔާން ކޮށްފައިވާ ޕޯސްޓް
ޝާޔާން ނޫނަސް، ފިލްމު ބެލުމަށްފަހު ގިނަ ބަޔަކު އަންނަނީ ފިލްމަށް ވަަރަށް ބޮޑަށް ތަޢުރީފު ކުރަމުންނެވެ.
މެގަ ހިޓް ފިލްމު “ފޯޓީ ޕްލަސް” ގެ 10 ޝޯ އަށްވުރެން ގިނަ ޝޯ ހައުސް ފުލްކޮށް އޮލިމްޕަހުގައި ދައްކާފައިވެއެވެ. ޖުމްލަ 20 ޝޯ އޮލިމްޕަހުގައި ދައްކަން ހަމަޖެހިފައިވާއިރު އަތޮޅު ތެރޭގެ ރަށްރަށުގައިގައިވެސް ފިލްމަ ދައްކަމުން ދާކަން ފާހަގަކޮށްލެވެއެވެ.
އަހަރުގެ ބޮޑު ފިލްމުގެ ގޮތުގައި އިޝްތިހާރުކުރެވެމުން އައި “ފޯޓީ ޕްލަސް” އަށް އެ މަޤާމު ލިބި، ފިލްމެއް ބެލުމުން ލިބެންޖެހޭ ހަޤީޤީ ހިތްހަމަޖެހުން ލިއްބައިދީ ފިލްމު އޯޑިއަންސް ހެއްވަމުންދަނީ ފިލްމުގެ ވާހަކަ، ޑައިރެކްޝަން، ކެމެރާ، ތަރިންގެ އެކްޓިން މިހެން ގޮސް ހުރިހައި އުންސުރުތަކެއް މިންހެޔޮކޮށް ގެނެސްދީފައިވާތީކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު