ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ‘ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސް’ގައި ރާއްޖޭގެ ޝިފްނާ އިބްރާހިމް ރަން މެޑަލް ހޯދައިފިއެވެ.
މިގޭމްސްގައި ޝިފްނާ އިބްރާހީމް ރަން މެޑަލް ހޯދާފައިވަނީ 100 މީޓަރު ދުވުމުންނެވެ. ޝިފްނާ ރަން މެޑަލް ހޯދާފައިވާއިރު، ރާއްޖޭގެ އެތްލީޓެއްކަމަށްވާ ނޫރާ ވަނީ 100 މީޓަރު ދުވުމުގައި ބައިވެރިވެ 5 ވަނައަށް ރޭސް ނިންމާފައެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ ދުވުންތެރިން ކަމަށްވާ ވަސްމީ ވަހީދު ރިހި މެޑަލް ހޯދިއިރު، އަލީ އަމީން ފަސްވަނަ ހޯދާފައިވެއެވެ. ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވި ސްޕެޝަލް އޮލިމްޕިކްސް ގޭމްސްގައި ވަސްމީ ވަހީދު ރިހި މެޑަލް ހޯދާފައިވަނީ 200 މީޓަރު ދުވުމުންނެވެ. އަލީ އަމީން 5 ވަނަ ހޯދާފައި ވަނީވެސް 200 މީޓަރު ދުވުމުންނެވެ.
މިމަހުގެ 14 ވަނަ ދުވަހު އަބޫދާބީގައި ފެށުނު ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖެއިން ބައިވެރިވެފައިވަނީ 6 އެތްލީޓުންނެވެ. ރާއްޖެއިން ގޭމްސްގައި ވާދަކޮށްފައިވަނީ ލޯންގް ޖަމްޕް 50 މީޓަރު، 100 މީޓަރު އަދި 200 މީޓަރު ދުވުމުގައެވެ.
ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއަށް ފުރުމުގެ ކުރިންވެސް އެތްލީޓުން ބުނެފައިވަނީ ބޭނުމަކީ ރާއްޖެއަށް ރީތިނަން ހޯދައިދިނުންކަމަށެވެ. މީގެއިތުރުން މުޖްތަމައުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީވެސް ގައުމަށް ރީތިނަން ހޯދައިދެވޭ ފަދަ ކުދިންތަކެއް ކަމަށް ދައްކައިދޭން ބޭނުންވާކަމަށް މިގޭމްސްގައި ބައިވެރިވި އެތްލީޓުންވަނީ ބުނެފައެވެ.
ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްއަކީ ކޮންމެ ދެ އަހަރުން އެއްއަހަރު އޮންނަ މުބާރާތެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 8 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު“ލޯބިން” އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟