މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފާހަގަކުރަމުންދާ ‘ގްލޯބަލް މަނީ ވީކް 2019’ގެ ދަށުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި “ޔޫތު އެންޓަޕްރެނުއާސް ފޯރަމް”ގެ ނަމުގައި ފޯރަމްތަކެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.

މި ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 27 ވަނަ ދުވަހު މާލޭގައި އަދި 30 ވަނަ ދުވަހު ގދ. ތިނަދޫ، ހދ. ކުޅުދުއްފުށްޓާއި ލ. ފޮނަދޫގައެވެ. ހެނދުނު 0930 ން ހަވީރު 0400 އަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ފޯރަމްގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރުމުގެ ފުރުޞަތު މިހާރު އެމްއެމްއޭ އިން ވަނީ ހުޅުވާލާފައެވެ. މި ފޯރަމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 21 ވަނަ ދުވަހެވެ.

މާލޭގައި މި ފޯރަމް ކުރިއަށްދާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައެވެ. މާލޭގައި ބާއްވާ ފޯރަމްގައި 70 ބައިވެރިންނަށް ޖާގަ ދިނުމަށް ނިންމާފައިވާއިރު ތިނަދޫން 50 ޒުވާނުންނަށް، ކުޅުދުއްފުށިން 50 ޒުވާނުންނަށް އަދި ފޮނަދޫން 50 ޒުވާނުން ބައިވެރިވުމަށް ފުރުޞަތު ހުޅުވައިލެވިފައި ވާކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މި ފޯރަމްތަކުގައި އޮންލައިންކޮށް ރެޖިސްޓަރ ކޮށްގެންނާއި ވައިބަރކޮށްގެން ބައިވެރިވެވޭނެ އެވެ.

އޮންލައިންކޮށް ރެޖިސްޓަރ ވުމަށް މި ލިންކު ބޭނުންކުރެވޭނެ އެވެ.

ވައިބަރ އިން ރެޖިސްޓްރީވުމަށް 9494999 އަށް ވައިބަރ ކުރެވޭނެއެވެ.

ވައިބަރ ކިޔުއާރް ކޯޑް ސްކޭންކޮށްލައިގެން ރެޖިސްޓަރ ކުރުމަށް ފަސޭހަވާނެ އެވެ.

މި ފޯރަމްތަކުގައި ކަމުގެ ތަޖުރިބާ ލިބިލައްވާފައިވާ ޒުވާން އެންޓަޕްރެނުއަރުން މަޢުލޫމާތު ދެއްވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.