މެގަހިޓް ފިލްމު “ފޯޓީ ޕްލަސް” މިމަހު 28، 29 އަދި 30 ގައި އަތޮޅުތެރޭގެ ހަތް ރަށެއްގައި ދައްކަން ހަމަޖެހިފައިވާކަމަށް “ފޯޓީ ޕްލަސް”ގެ ޓީމުން ބުނެފިއެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި “ފޯޓީ ޕްލަސް” ދެއްކުމާއި ހަވާލުވެ ހުރި ޢަލީ ޝާހިދު (ސްޓެޕް އައްޔަ) މުނިއަވަސް އަށް މަޢުލޫމާތު ދެމުން ބުނީ ހއ. އަތޮޅު ތިން ރަށަކާއި ނ. އަތޮޅު ދެ ރަށެއްގެ އިތުރުން ދ. އަތޮޅު ރަށަކާއި އ. އަތޮޅު ރަށެއްގައި ފިލްމު ދެއްކުމަށް ހަމަޖެހިފައިވާކަމަށެވެ.
“ދ. ހުޅުދެލީގަ އަޅުވާނެ. އއ. ރަސްދޫގައާއި ހއ. ދިއްދޫ، އުތީމު އަދި ވަށަފަރުގަ އަޅުވާނެ. ނ. އަތޮޅު ކެނދިކުޅުދޫ އަދި މަނަދޫގައި ވެސް އަޅުވާނެ.” ސްޓެޕް އައްޔަ ބުންޏެވެ.
ހަފުތާ ބަންދާއި ދިމާވާގޮތަށް އަތޮޅު ތެރޭގައި “ފޯޓީ ޕްލަސް” ދެއްކުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތާވަލަށް ބަލައިލާއިރު:-
އއ. ރަސްދޫ – 29 މާރިޗް
ދ. ހުޅުދެލި – 28 މާރިޗް (ފިލްމު ދެއްކުމަށް ދާނީ މަޝްހޫރު އެކްޓަރ ޢަލީ ސީޒަން)
ހއ. ދިއްދޫ – 28 މާރިޗް (ފިލްމު ދެއްކުމަށް ދާނީ މަޝްހޫރު އެކްޓަރ މުޙައްމަދު ފައިސަލް)
ހއ. އުތީމު – 29 މާރިޗް (ފިލްމު ދެއްކުމަށް ދާނީ މަޝްހޫރު އެކްޓަރ މުޙައްމަދު ފައިސަލް)
ހއ. ވަށަފަރު – 30 މާރިޗް (ފިލްމު ދެއްކުމަށް ދާނީ މަޝްހޫރު އެކްޓަރ މުޙައްމަދު ފައިސަލް)
ނ. އަތޮޅުގައި “ފޯޓީ ޕްލަސް” ދެއްކުމަށް ދިއުމަށް ހަމަޖެހިފައިވަނީ ޢަލީ ޝާހިދު (ސްޓެޕް އައްޔަ) އެވެ. މީގެ އިތުރުން ޚާއްޞަ މެހެމާނެއއްގެ ގޮތުގައި ނ. އަތޮޅުގައި ފިލްމު ދެއްކުމަށް ރާއްޖޭގެ އެންމެ މަޝްހޫރު ބަޠަލާ ނިޢުމާ މުޙައްމަދު ދާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އިސްމާޢީލް ޝަފީޤް ބުންޏެވެ.
ނިޢުމާ އަކީ “ފޯޓީ ޕްލަސް”ގެ ފުރަތަމަ ބައި “ނޯޓީ ފޯޓީ”ގައި މުހިންމު ރޯލެއް އަދާކޮށްފައިވާ ފަންނާނެކެވެ.
ނ. މަނަދޫ – 28 މާރިޗް (ފިލްމު ދެއްކުމަށް ދާނީ މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދު އާއި އެކްޓަރ ޢަލީ ޝާހިދު)
ނ. ކެނދިކުޅުދޫ – 29 މާރިޗް (ފިލްމު ދެއްކުމަށް ދާނީ މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދު އާއި އެކްޓަރ ޢަލީ ޝާހިދު)
ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާފައިވާ އަހަރުގެ ބޮޑު ފިލްމު އަތޮޅުތެރޭގެ އިތުރަށް، މިމަހު 28 އަދި 29 ގައި މާލޭގައި ވެސް ޚާއްޞަ ދެ ޝޯ ދައްކާނެއެވެ. މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް އުފެއްދި ހޮރޯ ކޮމެޑީ ފިލްމެވެ.
މާލޭގެ ޝޯ ތަކަށް ޓިކެޓް ހޯދުމަށް 7384040 އަށް ގުޅުމަށް “ފޯޓީ ޕްލަސް”ގެ ޓީމުން އެދެއެވެ.
“ފޯޓީ ޕްލަސް”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!