​އެވަގުތު މަށް ބަލާލެވެނޫ ފަޒުނާ އާ ދިމާލަށް. ފަނޑުގޮތަކަށް ހިނިތުމެއްވެފައި ކަންގޭ ދޮރަމައްތު ފަޒުނާ ހުއްޓިލައިގެންހުރުއްވެ. ހަމަ އެވަގުތު އަހަންނަށް ފޯނެއް އައި. އެމަޖެންސީޔު ބަލި މީހެއް މާލެގެންދިޔުމުގެ ކަންތެއް ހަމަޖައްސާންވެގެން. ވަގުތަކޫ ފަޒުނާޔާ ވާހަކަ ދައްކާންލާން ކިތަންމަ ބޭނުންވެފައި ހުރީ ވަގުތަކަށް ވިއަސް ދާން ތެދުވޫ އާލާ ކާރީ އޮފީހަށް ދާންޖެހެނަ ވާހަކައާއި އުމަމުން ހަދިޔާ އެއް ގެނަހުދޭމޭވެސް ބޮނެފާ. ނުކުންނަމުން ފަޒުނާއާއި އަރާ ހަމަކޮށްފާ ވާހަކައެއް ދައްކާލާންވެފާ އެބައޮތޭ ބޮނެލީން.

“ހޫމް…..” މެހެން ފަޒުނާ ލައްވާލުން ފިޔަވާ އިތު އެއްޗެކޭ ނުބޮނެއްވެ.

ބަލިމީހާ މާލެ ފޮނުވާލާ ކަންތެއްތެއް ހަމައަކަށް އެޅެނައިރެ ރޭގަނޑު އަށެއް ޖަހައިފި. ވާހަކައެއް ދައްކާލާމޭ ބޮނެފާ އޮތޫމަޔާ އަދު އެފްބީން އިން އެތި ފެނީފާ ހިތަށް އެރި ތަންކޮޅެއް ރޮމެންޓިކް ވެލާން. އެގޮތުން މޭޒަ މައްތު ބަހައްޓާފާހުރީ މާތެކުން ރީތި މަލެއް ނަގައިގެން އަވަހާ ގެއާ ދިމާލަށް ދާން ނައްޓާލޫ ފަޒުނާޔާ ދައްކާންވީ ވާހަކަ ހިތުތެރޭ ރާވާލައިގެން. ދަމުން އާލާޔަށް ދޭން ޗޮކެލެޓެއް ވެސް ގަނެލޫ އާލާއަށް ވެފާ އޮތް ވައުދު ފުއްދާލުމަށް.

ގޭށަށްގޮހޮ ވަންއިރު އާދައިގެމައްތުން ޖޯލިފައްތު އިށީންދެލައިގެން ތިބީ ކައުންސިލު ފަޒުނާމެނާ އެއްކޮށް އޮޅެން ދެ އަންހެން ކުދޫން މާވަރަކަށް ހީހީފާ ވާހަކަ ދައްކާން ތިބޫމާ މަ ވަދެގެން ދިޔައިރު އެމީހުންނަށް އެގެނަހެނެއް ހީއެއްނުވޭ. ސިޓިންގރޫމް ތެރޭ މީހެއް ނެތުމާއެކު އަވަހާ ސިއްރު ސިއްރުން ކޮޓަރިއަށް ދިޔާ އާލާ އަށް ގެނައި ހަދިޔާ ދޭން. ކޮޓަރީ ދޮރަ ހޮޅުވާލީއިރު ކުޑަކުޑަ އާލާޔަށް އޮތޫ ނިދީފާ. އެހެންވެ މޭޒަމައްތު އެއްޗެހި ބަހައްޓާފާ ވަނޫ ފެންވަރާލާން.

ފެންވަަރާލައިގެން ނުކުމެ ކޮޓަރީ ތެރޭ މަޑަކޮށްލޫ ފަޒުނާގެ އިންތިޒާރު. އިރައިރަކޮޅާ ގަޑިއަށް ބަލާލަ ބަލާލ އިންނަތާ ތިން ގަޑިއިރަ ވީއިރުވެސް ފަޒުނާގެ ޚަބަރެއް ނުވޫމާ ނުކުތޫ ކޮބައިތޯ ބަލާލަން.

ވަގަކަށް ހާސްދޮހާ ވެރިއަކަށް އެއްދޮހައޭ ބޮނެ އޮޅެން އަޑަ މަ ވެސް ކުރޫން އަހަން. އެކަމަކު އަހަރިންގެ ދިރިއުޅުމު މަށް ނޭނގީ މިކަހަލަ ކަމެއް ވަމުން ދަންކަން އެނގެނޫމާ ހުރެވެނަތަންވެސް ނޭގެނަ. ފާދަށުން ބިންގަނޑަ ދެމީގެން ދިޔަހެން ހީވޫ.

“ފަޒުނާ!!!!” އަހަންނަށް ގޮވާލެވެނޫ އަޑުހުރީ ބާރަށް.

ފަޒުނާވެސް ސިހީފާ އަހަންނާ ދިމާލަށް ބަލާލޫ ބިރެއް ފެނީފާ ހުރިހެން.

ހާލަތުގެ ނާޒުކުކަން ވިސްނުމަށް އާ ތަންކޮޅެއްފަހުން. އެކަމުވެސް ވަގުތު ބޭކާރުނުކޮށް ފުލުހަށް ގުޅާ ފުލުން ގެނަހޫ ފަޒުނާމެން ފުލުހާ ހަވާލުކެރޫ އަހަރިންގެ މި ދެއަތުން.

ހެނދުނު އެރީ އިރާއެއްކޮށް މުޅި ރަށުތެރޭ އޮތޫ އެވާހަކަ. އަންހެން ބަޔަކު ހަށުވިއްކާން ތިއްބާ ރެޑް ހޭންޑްކޮށް ހިފީ ވާހަކަ. އަހަރިން ޒަމީރަށް ރޭގެ ހާދިޘާ ގަބޫލުނުކެރުވީގެން އަދި އެއްފަހަރު ފަޒުނާޔާ ވާހަކަ ދައްކާލާން ބޭނުންވެގެން ޕޮލިސް ސްޓޭޝަނަށް ދިޔައިން. ފަޒުނާޔާ ބައްދަލުވޫމާ އެންމަ ފުރަތަމަ ވެސް އަހާލެވެނޫ “ކީއްވެ؟” މެހެން އެކަނި.

ހަހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ފަޒުނާ ވާހަކަ ދައްކާން ފެށި. ޤަބޫލުކެރާން ދަތިވިއަސް ކުއްވެރިއަކޫ އަހަރިން ކަމަށް ބުނި. ބޭނުންވީ ލޯތްބާ އަޅާލުން ނުލިބީ ދިޔުމުން އެކުވެރިން ކަމަށް ދެކެވެނަ މީހުންގެ ދަލު ޖެހެވެނަ ކަމާއި ކިތަންމަ ބޭނުން ނުވިޔަސް އަދު އެ މައްޅު ބެނދީފާ ވަންކަމަށް ބުނި. މަ ކޮންމެ ރެއަކުވެސް ނިދާން ވަނޫމާ ގޭތެރޭ ހިންގަން ކަމެއް ކަމަށް ފަޒުނާ އަމިއްޔަށް އިއުތިރާފްވުން ވެގެންދިޔާ އަހަރިން ދިރި ހުއްޓާ މަރަވުމުގެ އިހުސާސް ކެރުވެނަ ކަމަކަށް.

އަހަރިން ފަޒުނާ ކާރީން މަޢާފަށް އެދެނޫ ކައިވެންޏު އަސްލު މަޤްސަދާއި އެއްގޮތަށް މަށްވެސް ކަންތެއް ނުކެރެވީ އޮތޫމަޔާ އަމިއްލަ ޒަމީރުވެސް އޭގެ ޒިންމާ ނަގާން ޖެހޭން ކަމަށް ބޮނެ އަހަރިން ކުއްވެރިކެރުވެނޫމާ. ފަޒުނާވެސް މަޢާފަށް އެދި ދެމީހުން އެއްބަހަވޫ ފަޒުނާއަށް ހައްޤުވަން އަދަބު ލިބުމަށްފަހު ދިރިއޮޅުން އަލުން ފަށާން.

ކައިވެނި ކެރިއަކަސް އުފާވެރި ކަމެއް ނުލިބޭން ކަމާއި އުފާވެރިކަން ލިބޭނޫ ލޯބި ދީގެން އަދި އިތުބާރަކޮށްގެންކަން އަދު އެގިއްޖަ. ފަޒުނާއަށް ހައްޤު އަދަބު ލިބީގެން މިނިވަންވެގެން އުމަން ދޮހަޔަކަށް އިންތިޒާރު ހުންނާން ކަމަށް ބޮނެފާ އަހަރިން ގޭށަށް ދިޔައިން.

ނިމެނޫ

ކައިވެނީގެ އަމާޒުމަކުގައި ވާ ހަގީގަތަކީ ކޮބާ *2
ރާވަމުންދާ ރޭވުމަށް އެއަރާ ބުރޫތަކަކީ ކޮބާ
ރާވަމުންދާ ގޮތްތަކުން އެނގިދާ އެނގުންތަކަކީ ކޮބާ
ދާވަމުންދާ ސާފު ހިތަކަށް ވާނެ ގޮތަކީ ވެސް ކޮބާ
ކައިވެނީގެ އަމާޒުމަކުގައި ވާ ހަގީގަތަކީ ކޮބާ
***************************
ލޯބި ދެހިތެއް ގުޅުވުމުން ފުރަތަމަ ހިފޭނެ އަމާޒަކީ *2
ލޯބިވެތި ކައިވެންޏެކޭ މީކަން ހިނގާ ގާނޫނަކީ
ލޯބިވެތި އުންމީދުތައް އެހިނދުން ލިބެން ވެސް ފެށުމަކީ
ލޯބިވެތިކަން ރަމްޒުކޮށްދޭ ސިއްރަކީ އެހެނަސް ކޮބާ
ކައިވެނީގެ އަމާޒުމަކުގައި ވާ ހަގީގަތަކީ ކޮބާ

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.